ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)374-C/374/2024/51
ޕަބްލިޝްކުރި ތާރީޚް: 20 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 12:16
ސުންގަޑި: 28 އޮގަސްޓް 2024 11:00
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލޮނު ފެކްޓަރީއެއް ހެދުމަށް ބިމެއް ކުއްޔަށް ދޫކުރުމަށް ހުޅުވާލުން

ނިލަންދޫ ސިއްތި ފަންނުގެ ހުޅަނގު އުތުރުން '100 × '100 (10000 އަކަފޫޓު)ގެ ބިން 15 އަހަރު ދުވަހުގެ މުއްދަތަށް ލޮނު ފެކްޓަރީއެއް ހެދުމަށް ކުއްޔަށް ދޫކުރުމަށް މިކައުންސިލުން ނިންމައިފިއެވެ.

މިކަމާއިގުޅޭ ތަފުޞީލު، މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. މަޢުލޫމާތު ކަރުދާސް މިއިދާރާގެ ކައުންޓަރުންނާއި، ވެބްސައިޓުންނާއި، ފޭސްބުކް ޕޭޖުންނާއި ދިވެހިސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ. މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން 2024 އޮގަސްޓް 22 ވަނަ ދުވަހުން ފެށިގެން ރަސްމީ ގަޑީގައި މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ކަރުދާސް ނެންގެވުން އެދެމެވެ.

ވީމާ، މިބިން ކުއްޔަށް ނެންގެވުމަށް ޝަޢުޤުވެރިވެ ވަޑައިގަންނާ ފަރާތްތަކުން 2024 އޮގަސްޓް 28 ވަނަ ދުވަހުގެ 11:00 އަށް މިކައުންސިލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ މިއިދާރާއިން ދޫކުރާ އަންދާސީ ހިސާބު ހުށަހަޅާ ފޯމާއި އެއްގޮތަށެވެ. އަންދާސީ ހިސާބު ހުށަހަޅާފޯމުގެ ނަމޫނާ މިއިދާރާގެ ފޭސްބުކް ޕޭޖުންނާއި ދިވެހިސަރުކާރުގެ ގެޒެޓުން ޑައުންލޯޑު ކުރެއްވޭނެއެވެ.

ނޯޓު: އަންދާސީ ހިސާބު ހުށަހެޅުއްވަން ހަމަޖައްސާފައިވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ވާނަމަ، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ޖެހިގެން އަންނަ ރަސްމީ ދުވަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ހަމަޖެހިފައިވާ ގަޑީގައެވެ.

20 އޮގަސްޓް 2024