ނީލަން
ނަންބަރު: (IUL)248-CAFA/248/2024/94
ޕަބްލިޝްކުރި ތާރީޚް: 25 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 12:07
ސުންގަޑި: 25 އޮގަސްޓް 2024 05:15
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނީލަންކިޔުން

ކުޑަކުދިންގެ ޕާކްއިން ކަނޑާފައިވާ ފިތުރޯނު ގަހުގެ ދަރުތައް ނީލަން ކިއުމަށް ވަނީ ހަމަޖެހިފައެވެ. 

ނީލަން ކިއުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި 

ނީލަން އޮންނަ ދުވަސް:

25 އޮގަސްޓު 2024

ގަޑި:

ހަވީރު 5.15 ގައި

ނީލަން އޮންނަ ތަން:

ކުޑަކުދިންގެ ޕާކްގެ ގޯތިތެރޭގައި

މި ނީލަމުގައި ވާހައި ގިނަ ފަރާތްތަކަކުން ބައިވެރިވެވަޑައިގެން ދެއްވުމަކީ މިއިދާރާގެ އެދުމެކެވެ. ނީލަމުން ނަންގަވާ ތަކެތީގެ އަގު ވަގުތުން އަދާ ކުރައްވަން ޖެހޭނެއެވެ. ވަގުތުން އަގު އަދާ ނުކުރައްވާ ނީލަންތައް ކެންސަލްކޮށް އަލުން ނީލަން ކިޔޭނެއެވެ.

ނީލަމުން ނަންގަވާ ދަރުތައް 26 އޮގަސްޓް 2024 ދުވަހުގެ 12:00 ތަކެތި ނަންގަވައި ގެންދަވަންވާނެއެވެ. އެވަގުތުގެ ތެރޭގައި ނުގެންދަވާ ތަކެތި އެފަރާތުން ބޭނުންނެތީ ކަމުގައި ބަލައި އެތަކެތި ނައްތައިލެވޭނެއެވެ.

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

25 އޮގަސްޓް 2024