ވަޒީފާގެ ފުރުޞަތު
ނަންބަރު: HRTD-MPL/2015/87
ޕަބްލިޝްކުރި ތާރީޚް: 04 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 18:09
ސުންގަޑި: 11 ޖޫން 2015 15:00
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
މާރކެޓިންގ އޮފިސަރ

މަޤާމު:

މާރކެޓިންގ އޮފިސަރ

ބޭނުންވާ އަދަދު:

01

މުސާރަ:

  • -/5279 ރުފިޔާ (ފަސްހާސް ދުއިސައްތަ ހަތްދިހަ ނުވަ ރުފިޔާ)
  • އިތުރުގަޑީގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ސަރވިސް އެލަވަންސް:

-/2730 ރުފިޔާ (ދެހާސް ހަތްސަތޭކަ ތިރީސް ރުފިޔާ)

 

އޮފީސް:

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

ޑިޕާޓްމަންޓް:

ބިޒްނަސް ޑިވެލޮޕްމަންޓް އެންޓް މާރކެޓިންގ ޑިވިޜަން

ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު:

  • މާރކެޓިންގ ނުވަތަ ގުޅޭ ދާއިރާއަކުން ޑިޕްލޮމާއެއް ހާސިލުކޮށްފައިވުމާއެކު ގުޅޭ ދާއިރާއަކުން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • އިންފޮރމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން އެޑްވާންސްޑް ސެޓުފިކެޓެއް ހާސިލުކޮށްފައިވުން ނުވަތަ ގުޅޭ ދާއިރާއަކުން އެޑްވާންސްޑް ސެޓުފިކެޓެއް ހާސިލުކޮށްފައިވުން.
  • ކަސްޓަމަރުން ބޭނުންވާ ކަންކަން ދެނެގަތުމުގެ ޤާބިލުކަން ހުރުމާއެކު، ތަފާތު މިޒާޖުގެ މީހުންނާ މުޢާމަލާތުކުރަން އެނގުން
  • އަޑުއެހުމުގެ ޤާބިލުކަން ހުރުން، މުޢާމަލާތުކުރުމުގެ ހުނަރު ހުރުން، އެހެން މީހުންނަށް އެއްޗެތި ހުށަހެޅުމުގެ ޤާބިލުކަން ހުރުން އަދި އެހެންމީހުންނާ ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލުކަން ހުރުން
  • އޮންލައިން ވިޔަފާރިއަށް އަހުލުވެރިވެފައިވުމާއެކު އެކިއެކި ޓެކްނިކަލް މައްސަލަތައް ދެނެގަތުމުގެ ޤާބިލުކަން ހުރުމާއެކު އެކަންކަމާ ގުޅޭ ގޮތުން މުޢާމަލާތުކުރަން އެނގުން.
  • ހަވާލުކުރެވޭ މަސައްކަތްތައް މުސްތަގިއްލުކަމާއެކު ކުރުމުގެ ޤާބިލުކަން ހުރުން
  • ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ޤާބިލުކަން ހުރުން
  • ދިމާވާ އެކިއެކި ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ޤާބިލުކަން ހުރުން
  • ކަންކަމުގައި އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތަކަށްވުން
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން
  • ވޭތުވެދިޔަ 05 އަހަރު ޖިނާއީ އެއްވެސް ކުށެއް ސާބިތު ވެފައިވާމީހަކު ކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން
  • އުމުރުން 18 އަހަރު ފުރިފައިވާ މީހަކުކަމުގައި ވުން

މަސައްކަތުގެ ދާއިރާ

ބިޒްނަސް ޑިވެލޮޕްމަންޓް އެންޓް މާރކެޓިންގ ޑިވިޜަން

ހުށަހަޅަންޖެހޭ ލިޔުންތައް:

  • މަޤާމަށްއެދި ހުށަހަޅާ ސިޓީ (ސިޓީގައި އިޢުލާން ނަންބަރާއެކު)
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ފަރާތެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާ އެނގޭނެ ރަސްމީ ލިޔުން

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، ވަޒީފާއަށް އެދި ފޮނުވާ ސިޓީއާއި ވަނަވަރު އަދި އެކުގައި ހުށަހަޅުއްވަންޖެހޭ ލިޔުންތަކާއެކު 11 ޖޫން 2015 ވާ ބުރާސްފަތި ދުވަހުގެ 15:00ގެ ކުރިން ޕޯސްޓް ބިލްޑިންގގެ 03 ވަނަ ފްލޯރއަށް ވަޑައިގެން އެޗްއާރ ޑިޕާޓްމަންޓަށް ހުށަހެޅުއްވުން އެދެމެވެ. ސިޓީއުރައިގެ ބޭރުގައި "ވަޒީފާއަށް އެދި" މިހެން ޖައްސަވަންވާނެއެވެ.

އިތުރު މަޢުލޫމާތު:

މިމަޤާމުތަކަށް އެދި ސިޓީ ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު އަދި ލިޔެކިޔުންތައް ހަމަނުވާ ފަރާތްތަކުގެ ސިޓީތައް ބާޠިލުކުރެވޭނެއެވެ. އަދި އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. ސިޓީ އެޑްރެސް ކުރައްވާނީ:

މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

މާލެ، ދިވެހިރާއްޖެ

ފޯން: 3009274 ،3009273، ،3009272 3009271

ފެކްސް: 3321559

04 ޖޫން 2015