ކުއްޔަށް ހިފުން
ނަންބަރު: IUL /GS211/2024-B006
ޕަބްލިޝްކުރި ތާރީޚް: 25 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 10:36
ސުންގަޑި: 29 އޮގަސްޓް 2024 14:00
ނޫރާނީ ސްކޫލް، ސ. ހިތަދޫ
ދިވެހިރާއްޖެ
1 ކޮޓަރީގެ އެޕާޓްމެންޓެއް ނުވަތަ ގެއެއް ކުއްޔަށް ހިފުމާއި ގުޅޭ

ި ސްކޫލްގައި މަސައްކަތް ކުރައްވާ މިސްރުގެ ޓީޗަރ ހުންނަވާނޭ ގެއެއް ނުވަތަ އެޕާރޓްމެންޓެއް ކުއްޔަށް ހިފަން ބޭނުންވެގެންކުރި (IUL/GS211/2024-B005) އިއުލާނާއި ގުޅިގެން އެކަށީގެންވާ ވަރަށް ޝައުގުވެރިކަން ފާޅުކޮށްފައިނުވާތީ، އެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

މި ގެއަކީ އެކަށީގެންވާ ފެންވަރެއްގައި ޢިމާރާތް ކުރެވި ފަރުނީޗަރާއެކު މަދުވެގެން 1 ކޮޓަރި، ސިޓިންގ ރޫމް އަދި ކައްކާ ކެވޭގޮތަށް ތަކެއްޗާއެކު ބަދިގެބަޔަކާއި ކާބައެއް ހިމެނޭ ގެއަކަށް ނުވަތަ އެޕާރޓްމެންޓަކަށްވާން ވާނެއެވެ.މިބީލަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

  • ވީމާ، ގެއެއް ނުވަތަ އެޕާރޓްމެންޓެއް ކުއްޔަށް ދިނުމަށް ޝައުޤުވެރިލައްވާ ފަރާތްތަކުން މި ބީލަމުގައި ރަޖިސްޓްރީކުރުމަށް، 25 އޯގަސްޓް 2024 އިން 29 އޯގަސްޓް 2024 އަށް ބަންދުނޫން ދުވަސްތަކުގެ 8:00 އިން 14:00 އަށް، ކުންފުނި/ފަރާތުގެ ނަން، ގުޅޭނެފަރާތުގެ ނަމާއި ކޮންޓެކްޓް ނަންބަރު، ހިމަނުއްވައި ތިރީގައިވާ އެޑްރެހަށް މެއިލް ކުރެއްވުމުން ނުވަތަ ތިރީގައިވާ ލިންކު މެދުވެރިކޮށް ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކޮށްދެވޭނެއެވެ. ބީލަމުގައި ބައިވެރިވުމަށް އެދި މި މުއްދަތުގައި ރަޖިސްޓަރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.
  • ރަޖިސްޓްރޭޝަން ފޯމުގެ ލިންކް: https://forms.gle/eu1RMvbTQxr6YkKP8
  • އީ-މެއިލް: [email protected]

 

  • މި ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 31 އޯގަސްޓު 2024 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  • މި ބީލަމާ ބެހޭގޮތުން ޕްރީބިޑް މީޓިންއެއް ބޭއްވުމަށް ހަމަޖެހިފައެއް ނުވެއެވެ.
  • ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ  04 ސެޕްޓެމްބަރު 2024 ވާ ބުދަ ދުވަހުގެ 11:00 ގައި  މި ސްކޫލްގައެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި، އެސްޓިމޭޓް ހުށަހެޅުމަށް ވަޑައިގަންނަވަން ދަތިފުޅުވާ ފަރާތްތަކުން ބަދަލުގައި އެހެން ބޭފުޅަކުވެސް ފޮނުއްވެވިދާނެއެވެ.
  • މި ބީލަމާއިގުޅޭ މައުލޫމާތު ޝީޓް އަދި ބީލަން ހުށަހަޅާ ފޯމް އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  • އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

      ނޫރާނީ ސްކޫލް

     ފޯން: 6885917

     އީ-މެއިލް: [email protected]

25 އޮގަސްޓް 2024