ދިވެހިރާއްޖެ
62 ވަނަ ޤައުމީ ޓޭބަލް ޓެނިސް މުބާރާތް 02 ސެޕްޓެމްބަރ 2024 ން 07 ސެޕްޓެމްބަރ 2024 އަށް ތާވަލް ކުރެވިފައިވުމާއިއެކު މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ. މުބާރަތް ކުރިއަށް ގެންދިއުމަށް މިއަހަރު ރޭވިފައިވަނީ އެހެން އަހަރު ތަކެކޭވެސް އެއްފަދައިން ތިރީގައި މިވާ އުމުރުފުރާތަކާއި ޑިވިޝަންތައް ހިމެނޭ ގޮތަށެވެ.
- 13 އަހަރުންދަށް، (ސިންގަލްސް)
- 15 އަހަރުންދަށް، (ސިންގަލްސް އަދި ޑަބަލްސް)
- 17 އަހަރުންދަށް، (ސިންގަލްސް، ޑަބަލްސް އަދި މިކްސް ޑަބަލްސް)
- 19 އަހަރުންދަށް، (ސިންގަލްސް، ޑަބަލްސް އަދި މިކްސް ޑަބަލްސް)
- 1 ވަނަ ޑިވިޝަން (ސިންގަލްސް، ޑަބަލްސް، މިކްސް ޑަބަލްސް އަދި ޓީމް އިވެންޓް)
- 2 ވަނަ ޑިވިޝަން (ސިންގަލްސް، ޑަބަލްސް އަދި މިކްސް ޑަބަލްސް)
- ޥެޓަރަންސް (ސިންގަލްސް، ޑަބަލްސް އަދި މިކްސް ޑަބަލްސް)
ވީމާ ، މި މުބާރާތުގައި ބައިވެރިވާން ބޭނުންފުޅުވެލައްވާ އެންމެހައި ފަރާތްތަކުން 29 އޮގަސްޓް 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މުބާރާތުގެ ޕްރޮސްޕެކްޓަސް އާއި އެއްކަރުދާސް ކުރެވިފައިވާ އެންޓްރީ ފޯރމް ފުރިހަމަ ކުރުމަށްފަހު އައިޑީކާޑު ކޮޕީ އާއިއެކު މިސޯސިއޭޝަން އަށް ހުށައެޅުމަށް ދެންނެވީމެވެ. އިތުރު މަޢުލުމާތު ބޭނުންފުޅުވެލައްވާނަމަ 7778722 7779140 ނަންބަރާއި ގުޅުއްވުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.