ދިވެހިރާއްޖެ
މިއިދާރާގެ ނަންބަރު 269/269/2024/17(IUL) (05 ފެބްރުއަރީ 2024) އިޢުލާނާ ގުޅިގެން ދަނޑުބިމަށް އެދިލެއްވި ހުރިހާފަރާތަކަށް ދަނޑުބިން ކަނޑައަޅާ ނިމިފައިވުމުން 01 އޮކްޓޫބަރ 2024 އިންފެށިގެން އެ ދަނޑުބިންތަކުގެ ކުލީގެ ގޮތުގައި އަކަފޫޓަކަށް 02 ލާރީގެމަގުން ކުލި ހިނގަންފަށާނެކަމުގައި ދަންނަވަމެވެ. ދަނޑުބިންތަކުގެ ފޫޓްއަޅާއި އެއްބަސްވުން ހެދުމުގެ މަސައްކަތް މިހާރު ކުރިޔަށްދާކަމުގައި ދަންނަވަމެވެ.
އަދި ދަންނަވަމެވެ. ބައެއް ދަނޑުބިންތަކުގައި ފޫޓް އެޅޭވަރަށް ދަނޑުގެ ވަށާއިގެންވާ އިމާއި މަގުފަޅި ސާފުކުރެވިފައި ނުވާކަން ފާހަގަ ކުރެވެއެވެ. ވީމާ، 15 ސެޕްޓެންބަރ 2024 ގެ ކުރިން ދަނޑުބިންތަކުގެ ވަށާއިގެންވާ އިމާއި މަގުފަޅި ސާފުކުރައްވާ ނިންމެވުމަށް ދަންނަވަމެވެ. މި އިޢުލާނާއިއެކު ދަނޑުބިންތައް މިހާރު އެކަށައެޅިފައިވާގޮތުގެ ލިސްޓާއި ޗާޓް އެއްކަރުދާސް ކުރެވިފައި އެވަނީއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާއަށް ވަޑައިގެން ނުވަތަ މި އިދާރާގެ ނަންބަރު 6520046 ފޯނާ ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން އާންމުކޮން އެންގުމުގެ ގޮތުން އިޢުލާން ކުރީމެވެ.