ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)267-CB/267/2024/55
ޕަބްލިޝްކުރި ތާރީޚް: 20 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 16:28
ސުންގަޑި: 26 އޮގަސްޓް 2024 14:00
ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުބިމަށް އެދި ހުށައަޅާ ފަރާތްތަކުގެ މައުލޫމާތު އާންމުކުރުމާއި ގުޅޭ:

މިކައުންސިލުން 16 ޖުލައި 2024 ގައި ދަނޑުބިން ދޫކުރުމަށް އާންމުކުރި އިއުލާން ނަންބަރު: (IUL)267-CA/267/2024/49 އިއުލާނާއި ހަވާލާދީ ދަންނަވަމެވެ. މި އިއުލާނުގައިވާ ފަދައިން ހދ.ކުމުންދޫއިން ދަނޑުބިން ދޫކުރުމަށް ހުޅުވާލި މުއްދަތުގައި ދަނޑުބިން ހޯދުމަށް އެދި ފޯމް ހުށައަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކާއި ޝަރުތު ހަމަނުވާ ފަރާތްތަކުގެ ލިސްޓް މި އިއުލާނާއިއެކު އާންމުކުރީމެވެ. އަދި މި ލިސްޓަށް އެއްވެސް ޝަކުވާއެއްވާނަމަ، ޝަކުވާ ހުށައެޅުމުގެ ފުރުސަތު މިއަދުން ފެށިގެން 26 އޮގަސްޓް 2024 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ލިޔުމަކުން މި އިދާރާއަށް ހުށައެޅުއްވުން އެދެމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

20 އޮގަސްޓް 2024