ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)94-T/1/2015/24
ޕަބްލިޝްކުރި ތާރީޚް: 03 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 17:21
ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން
ދިވެހިރާއްޖެ
އެކްސްޕެޓްރިއޭޓް ހެލްތު އިންޝުއަރެންސް ޕޮލިސީ

1 ޖުލައި 2015 އިން ފެށިގެން އެމްޕްލޯއިމަންޓް އެޕްރޫވަލް ލިބިގެން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް އަންނަ ބިދޭސީންނާއި ވާރކް ވިޒާގެ މުއްދަތު ހަމަވެގެން މި ތާރީޚުގެ ފަހުން ވާރކް ވިޒާ އައު ކުރުމަށް އެދި ހުށަހަޅާ ބިދޭސީންނަށް ވާރކް ވިޒާ ދޫކުރެވޭނީ، އެލައިޑް އިންޝުއަރެންސް ކޮމްޕެނީން ދޫކުރާ "އެކްސްޕެޓްރިއޭޓް ހެލްތް އިންޝުއަރެންސް ޕޮލިސީ" ގެ ދަށުން ބިދޭސީމީހާ އިންޝުއަރ ކުރުމުން ކަމުގައި ހަމަޖައްސައިފީމެވެ.

އަދި، މިހާރު ޢަމަލުކުރަމުންދާ އުސޫލުގެ ދަށުން އިންޝުއަރ ކޮށްފައިވާ ބިދޭސީންގެ އިންޝުއަރެންސް ޕޮލިސީ، އަލަށް ތަޢާރަފުކުރެވުނު "އެކްސްޕެޓްރިއޭޓް ހެލްތު އިންޝުއަރެންސް ޕޮލިސީ" އަށް ބަދަލުކުރުމަށް 1 ޖުލައި 2015 އިން ފެށިގެން 6 މަސް ދުވަހުގެ މުއްދަތެއް ދިނުމަށް ވެސް ހަމަޖައްސައިފީމެވެ.

އެހެންކަމުން، 1 ޖުލައި 2015 އިން ފެށިގެން ވާރކް ވިޒާއަށް އެދޭ ބިދޭސީން، "އެކްސްޕެޓްރިއޭޓް ހެލްތް އިންޝުއަރެންސް ޕޮލިސީ" ގެ ދަށުން އިންޝުއަރ ކޮށްފައިވޭތޯ ބެލުމަށް ހަމަޖެހިފައިވަނީ އެކްސްޕެޓް އޮންލައިން ސިސްޓަމްގެ މެދުވެރިކޮށް ކަމުގައިވާތީ، ވާރކް ވިޒާ އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުމެއްކަމަށް، ރާއްޖޭގައި ވަޒީފާއަދާކުރުމަށް އަންނަ ބިދޭސީންގެ ވާރކް ވިޒާއާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު:2010/R-7) ގެ 9 ވަނަ މާއްދާގެ (މ) ގައި ބަޔާންކޮށްފައިވާ "މެޑިކަލް އިންޝުއަރެންސް އޮތްކަން އަންގައިދޭ ރަސްމީ ލިޔުން"، ވާރކް ވިޒާ އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންނުޖެހޭގޮތަށް ހަމަޖައްސައިފީމެވެ.

އަދި ދަންނަވަމެވެ. "އެކްސްޕެޓްރިއޭޓް ހެލްތް އިންޝުއަރެންސް ޕޮލިސީ" ގެ ދަށުން ބިދޭސީން އިންޝުއަރ ކުރުމުގެ ޚިދުމަތް، ހުރަވީ ބިލްޑިންގގެ 3 ވަނަ ފަންގިފިލާގައި ހުރި އެލައިޑް އިންޝުއަރެންސް ކޮމްޕެނީގެ ކައުންޓަރުތަކުން ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާ ވާހަކަ ވެސް ދެންނެވީމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

16 ޝަޢުބާން 1436

03 ޖޫން 2015