މަސައްކަތް
ނަންބަރު: (IUL)345-CAA/345/2024/52
ޕަބްލިޝްކުރި ތާރީޚް: 22 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 13:55
ސުންގަޑި:
29 އޮގަސްޓް 2024 13:00
އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު:
އިޢުލާން
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު: |
މާފާތު ބަގީޗާއަށް ކުޅޭސެޓް ހޯދުން
އއ.މާޅޮހު މާފާތު ބަގީޗާއަށް (ކުޑަކުދިންގެ ޕާކް) ކުޅޭ ސެޓްތައް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
ކޯޓޭޝަން ހުށަހަޅާ ފަރާތްތަކުން ސަމާލުކަންދޭންވީ ކަންތައްތައް
- މި މަސައްކަތައް ކޯޓޭޝަން ހުށަހެޅޭނީ ކުންފުނި (ޕާރޓްނަރޝިޕް) ތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ، ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ (އެސްއެމްއީ) ގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.
- އަގުހުށަހަޅަންވާނީ މަޢުލޫމާތު ޝީޓުގައިވާ ގޮތަށް، ވަކިވަކި އައިޓަމްތަކުގެ އަގު ހިމަނައިގެންނެވެ.އަދި ދީފައިވާ ސްޕެސިފިކޭޝަނަށް ފެތޭ ތަކެއްޗަށް ވާންވާނެއެވެ.
- ހުށަހަޅާ ތަކެތީގެ ފޮޓޯ ހުށަހަޅަންވާނެއެވެ.
- ޖީ.އެސް.ޓީ ހިމަނާނަމަ ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ސެޓްފިކެޓް ހުށަހަޅަންވާނެއެވެ.
- ވިޔަފާރި ރަޖިސްޓްރީ ކޮޕީ ހުށަހަޅަންވާނެއެވެ.
- މި ތަކެތި ފޯރުކޮށްދޭފަރާތުން ތަކެތި ބޯޓަށް ޑެލިވަރ ކޮށްދޭންވާނެއެވެ.
- މައުލޫމާތު ކަރުދާސް އިއުލާނާ އެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
މަޢުލޫމާތު ސާފުކުރުން
މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރައްވާނީ މިއަދުން ފެށިގެން 28 އޮގަސްޓް 2024 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ.
ކޯޓޭޝަން ހުށަހެޅުން
ކޯޓޭޝަން ހުށަހަޅާނީ [email protected] އަށް ނުވަތަ ކައުންސިލްގެ އިދާރާއަށް 29 އޮގަސްޓް 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ކުރިންނެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.
22 އޮގަސްޓް 2024