ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)203-AS/1/2024/35
ޕަބްލިޝްކުރި ތާރީޚް: 22 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 13:52
އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
މިޖެންސީއިން ދެމުންދާ ބައެއް ޚިދުމަތްތައް ވަންގަވް މެދުވެރިކޮށް ދިނުމާއި ގުޅޭ

އިޢުލާން

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ އިން ދެމުންދާ ބައެއް ޚިދުމަތްތައް 22 އޮގަސްޓް 2024 އިން  ފެށިގެން ޑިޖިޓަލް ޕަބްލިކް ސަރވިސް ޑެލިވަރީ ޕްލެޓް ފޯމް "ވަންގަވް" މެދުވެރިކޮށް ފޯރުކޮށް ދިނުމަށް ނިންމާފައިވާކަން އިޢުލާން ކުރަމެވެ. ވުމާއެކު، 22 އޮގަސްޓް 2024 ވަނަ ދުވަހުން ފެށިގެން ތިރީގައި ބަޔާންކޮށްފައިވާ ޚިދުމަތްތަކަށް އެދި ހުށަހަޅާނީ ވަންގަވް ޕްލެޓްފޯމް މެދުވެރިކޮށެވެ.

ވެޖިޓޭޝަން ކްލިއަރެންސް ޕަރމިޓް

  •  ރަށްރަށުން ރުއްގަސް ކެނޑުމާއި އުފުރުމާއި ކޮނެގެން ނެގުމާއި އެއްރަށުން އަނެއްރަށަށް ގެންދިއުމަށް ޚާއްޞަ ހުއްދައަށް އެދި ހުށަހަޅާ ފޯމް

ވެޖިޓޭޝަން ކްލިއަރެންސް ރިޕޯޓް

  • ކެނޑުމާއި އުފުރުމާއި ކޮނެގެން ނެގުމާއި އެއްތަނުން އަނެއް ތަނަށް ގެންދާ ރުއްގަހުގެ މަޢުލޫމާތު ރިޕޯޓްކުރާ ފޯމް

ޕްރޮޓެކްޓެޑް އޭރިއާ ރިސްރޗް ޕަރމިޓް

  • ޤުދްރަތީ ނުވަތަ ތަބަޢީ ގޮތުގައި ރައްކައުތެރިކޮށް ޙިމާޔަތްކޮށްފައިވާ ސަރަހައްދުތަށް ރިސާޗްކުރުމަށް އެދި ހުށަހަޅާ ފޯމް

ޕްރޮޓެކްޓެޑް ސްޕެޝީސް ރިސްރޗް ޕަރމިޓް

  • ޤުދްރަތީ ނުވަތަ ތަބަޢީ ގޮތުގައި ރައްކައުތެރިކޮށް ޙިމާޔަތްކޮށްފައިވާ ދިރުންތައް ބެލެހެއްޓުމަށް އެދި ހުށަހަޅާ ފޯމް
  • ޤުދްރަތީ ނުވަތަ ތަބަޢީ ގޮތުގައި ރައްކައުތެރިކޮށް ޙިމާޔަތްކޮށްފައިވާ ދިރުންތަކުގެ ރިސާޗް ކުރުމަށް އެދި ހުށަހަޅާ ފޯމް
  • ޤުދްރަތީ ނުވަތަ ތަބަޢީ ގޮތުގައި ރައްކައުތެރިކޮށް ޙިމާޔަތްކޮށްފައިވާ ދިރުންތަކާ ގުޅޭ ޚާއްޞަ ހުއްދައަށް އެދި ހުށަހަޅާ ފޯމް

"ވަންގަވް" އަކީ ސަރުކާރުންދޭ ޚިދުމަތްތައް ފަސޭހަކަމާއެކު، ޑިޖިޓަލްކޮށް ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި، ގާއިމް ކުރެވިފައިވާ ޕްލެޓްފޯމެކެވެ. މި ގެނެވޭ ބަދަލުގެ ސަބަބުން މިއެޖެންސީއިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ، ފަސޭހަކަމާއި އެކީ މި ޚިދުމަތްތައް ލިބުން އަވަސްވެގެންދާނެއެވެ.

"ވަންގަވް" އިން މިއެޖެންސީގެ ޚިދުމަތްތައް ބޭނުން ކުރުމަށް https://one.gov.mv/entities/EPA އަށް ޒިޔާރަތް ކުރައްވާށެވެ.

"ވަންގަވް" ބޭނުންކުރުމަށް އީ-ފާސް އެކައުންޓެއް އޮތުން ލާޒިމްވާނެއެވެ. އީ-ފާސް އެކައުންޓެއް ނެތް ފަރާތްތަކުން https://efaas.egov.mv އަށް ޒިޔާރަތްކުރައްވާ އީ-ފާސް އެކައުންޓެއް ހުޅުވުމަށް އެދެމެވެ. މި ވެބްސައިޓްއިން އީ-ފާސް އާއި އަދި އެކައުންޓް ހުޅުވުމާއިބެހޭ އެންމެހާ މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

"ވަންގަވް" އާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ "ވަންގަވް" ސަޕޯޓް ޓީމްގެ ނަންބަރު 1500 އަށް ގުޅުއްވުން އެދެމެވެ.

22 އޮގަސްޓް 2024