ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)252/252/2024/94
ޕަބްލިޝްކުރި ތާރީޚް: 22 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 13:18
ސުންގަޑި: 27 އޮގަސްޓް 2024 13:30
ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަތޮޅު ޙިފްޡް މަޝްރޫޢު

ޖަމްޢިއްޔަތު ތަޙްފީޡިލް ކަރީމް އަކީ މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަރމެންޓްގައި ރަޖިސްޓްރީކޮށްގެން ހިންގާ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިޢިއްޔާއެކެވެ. މިޖަމްޢިއްޔާގެ ފަރާތުން ރާއްޖޭގެ ހުރިހާ އަތޮޅު ކައުންސިލްތަކާއި ގުޅިގެން އެ ޖަމްޢިއްޔާއިން ހިންގަމުންގެންދާ ކީރިތި ޤުރުއާން ޚިފްޡްކޮށްދޭ މަޝްރޫޢު "އަތޮޅު ޙިފްޡް މަޝްރޫޢު" ގެ އައު ބެޗެއް ފެށުމަށް ޓަކައި ކޮންމެ އަތޮޅެއްގެ ރަށަކުން 2 ދަރިވަރަކަށް ފުރުސަތު ދިނުމަށް ވަނީ ނިންމާފައެވެ.

             ވީމާ، އަތޮޅު ޙިފްޡް މަޝްރޫޢު ބައިވެރިވަން ބޭނުންވާ 8 އަހަރުން ފެށިގެން މަތީ އުމުރުފުރައިގެ ސްކޫލު ދަރިވަރުން، 27 އޮގަސްޓް 2024 ދުވަހުގެ 13:30 ކުރިން ލިޔުމުން އެކަން މިކައުންސިލަށް އަންގަވައި ދެއްވުން އެދެމެވެ. މިޕްރޮގުރާމުގައި ބައިވެރިވުމަށް 2 ދަރިވަރުންނަށް ވުރެން އިތުރަށް ހުށަހަޅާފިނަމަ ދަރިވަރުން ހޮވާނީ ކުރިމަތިލީ ފަރާތްތަކުގެ މެދުގައި ގުރުއަތު ނަގައިގެންނެވެ. މިއިޢުލާނާއިއެކު އަތޮޅު ޙިފްޡް ޕްރޮގުރާމުގެ މަޢުލޫމާތު ކަރުދާސް އާއްމުކުރީމެވެ.

              މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށް ޓަކައި އިޢުލާންކުރީމެވެ.

22 އޮގަސްޓް 2024