ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)472/1/2024/ 73
ޕަބްލިޝްކުރި ތާރީޚް: 22 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 12:58
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
އިޢުލާން

               މިމިނިސްޓްރީން ޓަނޭޖް އެންޑޯޒްކޮށް ދޫކޮށްފައިވާ ނިޔަމި ކަމުގެ ސަނަދަށް ބިނާކޮށް ނިއަރ ކޯސްޓަލް ވޮޗްކީޕިންގ ސެޓްފިކެޓް އޮފް ކޮމްޕީޓެންސީ ލެސްދޭން 500 ގްރޮސް ޓަނޭޖް (Near Coastal Watchkeeping Certificate of competency less than 500 gross tonnage) ޓަނޭޖްގެ ސެޓްފިކެޓް ދޫކުރުމަށް ވަނީ ނިންމާފައެވެ. މިސެޓްފިކެޓް ދޫކުރެވޭނީ ތިރީގައި މިދަންނަވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.

1. މިމިނިސްޓްރީން ޓަނޭޖް އެންޑޯޒްކޮށް ދޫކޮށްފައިވާ ނިޔަމި ކަމުގެ ސަނަދު އޮތް ފަރާތަކަށްވުން.

2. މުއްދަތުހަމަނުވާ ޕްރޮފިސެންސީ އިން ފަޔަރ ޕްރިވެންޝަން އެންޑް ފަޔަރ ފައިޓިންގ ސެޓްފިކެޓް އޮތް ފަރާތަކަށްވުން.

3. މުއްދަތުހަމަނުވާ ޕްރޮފިސެންސީ އިން ޕާރސަނަލް ސޭފްޓީ އެންޑް ސޯޝަލް ރެސްޕޮންސިބިލިޓީ ސެޓްފިކެޓް އޮތް ފަރާތަކަށްވުން.

4. މުއްދަތުހަމަނުވާ ޕްރޮފިސެންސީ އިން އެލިމެންޓްރީ ފަސްޓް އެއިޑް ސެޓްފިކެޓް އޮތް ފަރާތަކަށްވުން.

5. މުއްދަތުހަމަނުވާ ޕްރޮފިސެންސީ އިން ޕާރސަނަލް ސަރވައިވަލް ޓެކްނިކް ސެޓްފިކެޓް އޮތް ފަރާތަކަށްވުން.

6. ޕްރޮފިސަންސީ ޝިޕް ސެކިޔުރިޓީ އެވެޔަރނަސް ސެޓްފިކެޓް/ ޕްރޮފިސެންސީ އިން ޑެޒިގްނޭޝަން ސެކިޔުރިޓީ ޑިޔުޓީސް ސެޓްފިކެޓް އޮތް ފަރާތަކަށްވުން.

7. GMDSS ސެޓްފިކެޓް އޮތް ފަރާތަކަށްވުން.

8. އެޑްވާސްންސް ފަޔަރފައިޓިންގ ސެޓްފިކެޓް އޮތް ފަރާތަކަށްވުން.

9. މެޑިކަލް ފަސްޓްއެއިޑް ސެޓްފިކެޓް އޮތް ފަރާތަކަށްވުން.

10. ޕްރޮފިސަންސީ އިން ސަވައިވަލް ކްރާފްޓް އެންޑް ރެސްކިއުބޯޓްސް ސެޓްފިކެޓް އޮތް ފަރާތަކަށްވުން.

11.ކޮންޓިނިއުއަސް ޑިސްޗާޖު ސެޓްފިކެޓް (ސީޑީސީ) އޮތް ފަރާތަކަށްވުން.

12. ނިޔަމިކަމުގެ ސަނަދުގައި ޓަނޭޖް އެންޑޯޒް ކުރި ތާރީޚުން ފެށިގެން މަދުވެގެން ދެ އަހަރު ދުވަހުގެ މުއްދަތަށް ސީސަރވިސް ފުރިހަމަ ކޮށްފައިވާ ފަރާތަކަށްވުން.

13. މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑަށް ފިޒިކަލް އެގްޒަމިނޭޝަން ސެޓްފިކެޓް ފުރިހަމަކޮށްފައިވާ ފަރާތަކަށްވުން.

14. ސީފެއަރާޒް އައިޑެންޓިޓީ ޑޮކިއުމަންޓް (SID) އަށް އެޕްލައި ކޮށްފައިވުން.

               އަދި ދަންނަވަމެވެ. ނިޔަމި ކަމުގެ ސަނަދަށް ބިނާކޮށް ނިއަރ ކޯސްޓަލް ވޮޗްކީޕިންގ ސެޓްފިކެޓް އޮފް ކޮމްޕީޓެންސީ ލެސްދޭން 500 ގްރޮސް ޓަނޭޖުގެ (Near Coastal Watchkeeping Certificate of competency less than 500 gross tonnage) ސެޓްފިކެޓް ދޫކުރެވޭނީ މަތީގައި ބަޔާންކޮށްފައިވާ ހުރިހާ ޑޮކިއުމަންޓްތައް ހަމަކޮށް މިމިނިސްޓްރީއަށް ހުށަހެޅުމުން، މިމިނިސްޓްރީން އޯރަލް އެގްޒާމްއެއް ދިނުމަށްފަހު ފާސްވާ ފަރާތްތަކަށް ކަމުގައި ދެންނެވީމެވެ. މިޚިދުމަތަށް އެދި މިމިނިސްޓްރީއަށް ހުށަހެޅުމަށްޓަކައި މިމިނިސްޓްރީގެ އީޕޯޓަލްއިން މިޚިދުމަތް  15 ސެޕްޓެމްބަރު 2024 ގެ ފަހުން ހުޅުވާލާނެ ވާހަކަ ދެންނެވީމެވެ.  

22 އޮގަސްޓް 2024