ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)PSM-HR/PSM/2024/274
ޕަބްލިޝްކުރި ތާރީޚް: 22 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 12:13
ސުންގަޑި: 29 އޮގަސްޓް 2024 12:00
ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
އަތޮޅުތަކުގައި ޤާއިމްކުރެވިފައިވާ އަދި ޤާއިމްކުރެވޭ ޕީއެސްއެމްގެ މީޑީއާ ސެންޓަރުތައް ކުނިކަހާ، ފޮޅާ ސާފުކުރުމުގެ މަސައްކަތްކުރާނެ ފަރާތްތައް ހޯދުން

މަޤާމް :އަތޮޅުތަކުގައި ޤާއިމްކުރެވިފައިވާ އަދި ޤާއިމްކުރެވޭ ޕީއެސްއެމްގެ މީޑީއާ ސެންޓަރުތައް ކުނިކަހާ، ފޮޅާ ސާފުކުރުމުގެ މަސައްކަތްކުރާނެ ފަރާތްތައް ހޯދުން
ބޭނުންވާ އަދަދު :5

 

 

 

                                                                                                                 (IUL)PSM-HR/PSM/2024/274

 

އަތޮޅުތަކުގައި ޤާއިމްކުރެވިފައިވާ އަދި ޤާއިމްކުރެވޭ ޕީއެސްއެމްގެ މީޑީއާ ސެންޓަރުތައް ކުނިކަހާ، ފޮޅާ ސާފުކުރުމުގެ މަސައްކަތްކުރާނެ ފަރާތްތައް ހޯދުން

 

ބޭނުންވާ އަދަދު:

5

މަސައްކަތުގެ ބާވަތް:

01 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް. މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު އެއްބަސްވުން އާ ކުރެވިދާނެއެވެ.

މަސައްކަތް ކުރަންޖެހޭ ރަށް:

  1. ހދ. ކުޅުދުއްފުށި
  2. ބ. އޭދަފުށި
  3. ކ. މާފުށި
  4. ގދ. ފިޔޮރި
  5. ސ. ހިތަދޫ

މަސައްކަތްކުރަންޖެހޭ ތަން:

ޕީއެސްއެމްގެ މީޑިއާ ސެންޓަރތަކުގައި

މަސައްކަތުގެ އުޖޫރަ:

މަހަކު -/3,000 ރުފިޔާ

ފެންވަރު ނުވަތަ ޝަރުތު:

- މަސައްކަތުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ޤާބިލްކަން ހުރި މީހެއް ކަމަށް އިންޓަރވިޔު ޕެނަލަށް ސާބިތު ކޮށްދިނުން؛

- ސިއްޙީ ގޮތުން ދުޅަހެޔޮ ފަރާތެއް ކަމުގައިވުން؛

- އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ އުމުރުފުރައިގެ މީހެއް ކަމުގައިވުން؛

- ދިވެހި ރައްޔިތެއްކަމުގައިވުން.

މަސައްކަތަށްބޭނުންވާތަމްރީނެއް ނުވަތަ ސަނަދެއް ހާޞިލްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަސައްކަތުގެ މަސްއޫލިއްޔަތު:

- ކޮންމެ މަހަކު 1 ފަހަރު މީޑިއާ ސެންޓަރުގެ ޢިމާރާތާޢި، އެ ޢިމާރާތުގެ އެތެރޭގައިވާ ތަންތަނާއި ތަކެތި ފޮޅާ ސާފުކުރުން؛

- ހަފްތާއަކު 2 ފަހަރު މުޅި ގޯތިތެރެއާއި، މީޑިއާ ސެންޓަރާ އިންވެގެން އޮންނަ މަގުތައް ކުނިކަހާ ބެލެހެއްޓުން؛

- ކޮންމެ މަހަކު 1 ފަހަރު މީޑިއާ ސެންޓަރުގެ ޢިމާރާތުގެ ގޯތިތެރޭއާއި، ބިމާއި ގުޅިފައިވާ މަގުތަކުގެ ވިނަ ނޮޅައި ސާފުކޮށް ކުނި އުކާލުން؛

- މީޑިއާ ސެންޓަރުގެ ޢިމާރާތާއި ގޯތިތެރޭގައި އުފެދޭ ކުނި ނައްތާލުން؛

- މަސައްކަތް ހަވާލު ކުރިފަރާތުން އަންގައިފިނަމަ، ގޯތިތެރޭގައި ހުންނަ ބޮޑެތި ގަސްތަކާއި، ރުއްތައް ކޮށާ ބެލެހެއްޓުމާއި ކުނި އުކާލުން؛

- މަސައްކަތް ނިންމުމަށްފަހު ތަނުގެ ފޮޓޯ ނަގާ އެ ދުވަހު ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ ސާފު ކޮޕީ؛
  • ތަޢުލީމީ ސެޓުފިކެޓެއް ލިބިފައިވާނަމަ އެ ސެޓްފިކެޓްގެ ކޮޕީ (އެޓެސްޓް ކުރެވިފައި)؛
  • މަސައްކަތުގެ ތަޖުރިބާ ލިބިފައިވާނަމަ، އެކަން ދެނެގަތުމަށް އެ މަސައްކަތް ކޮށްފައިވާ އިދާރާއަކުން ދޫކޮށްފައިވާ ލިޔުން؛
  • ޕޮލިސް ރިޕޯޓް (03 މަސް ދުވަސް ހަމަނުވާ)
  • ޕާސްޕޯޓް ފޮޓޯއެއް (6 މަސްދުވަސް ހަމަނުވާ)

ސުންގަޑި:

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 29 އޮގަސްޓް 2024 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/careers އަށް ލިޔުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް ލިޔުންތައް މެއިލް ކުރެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000376، 30003207 އަށް ގުޅުއްވުން އެދެމެވެ.

 

 

 

 

 

 

 

 

22 އޮގަސްޓް 2024