ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދައުވަތު
ބ.އަތޮޅު ކައުންސިލްގެ އިދާރާގެ ބެލުމުގެ ދަށުގައިވާ ޑްރައިވިންގ ޓްރެކްގެ ގޯތި ތެރޭގައި ގުދަނެއް ޢިމާރާތް ކުރުމާބެހޭ
ބ. އަތޮޅު ކައުންސިލްގެ އިދާރާގެ ފަރާތުން ފޯރުކޮށްދެވޭ ކުރެހުމާއި މައުލޫމާތު ކަރުދާހާއި އެއްގޮތަށް، މިއިދާރާގެ ބެލުމުގެ ދަށުގައި އޭދަފުށީގައި އޮންނަ ޑްރައިވިންގ ޓްރެކްގެ ގޯތި ތެރޭގައި ގުނަދެއް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.
ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 28 އޮގަސްޓް 2024 ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން [email protected] އަށް އީމެއިލް ކުރައްވައިގެން ނުވަތަ މިއިދާރާއަށް ވަޑައިގެން ބީލަމުގައި ރަޖިސްޓްރީވުމަށްފަހު، 03 ސެޕްޓެންބަރު 2024 ވާ އަންގާރަ ދުވަހުގެ 11.00 ގައި މިކައުންސިލަށް ބީލަން ހުށަހެޅުއްވުމަށް ދަންނަވަމެވެ.
- § ބީލަން/ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުން ސަމާލުކަން ދޭންވީ ބައެއް ނުކުތާތައް:
1- ބީލަން ހުށަހަޅާ ފަރާތްތަކުން ބީލަން ތައްޔާރުކުރައްވާއިރު ބީލަން ކަރުދާހުގައި ހުރި މައުލޫމާތު ބެއްލުވުމަށް ސަމާލުކަން ދޭންވާނެއެވެ.
2- ބީލަމުގައި ރަޖިސްޓްރީވުމަށް އެދި، ވިޔަފާރި/ކުންފުންނިތަކުން އެފަރާތުގެ ވިޔަފާރީގެ ނަން، ރަޖިސްޓްރީ ނަންބަރު، ގުޅޭނެ ނަންބަރު އަދި އީމެއިލް އެޑްރެސް، ޖެއްސެވުމަށްފަހު [email protected] އަށް އީ-މެއިލް ފޮނުވަންވާނެއެވެ. ސުންގަޑީގެ ކުރިން ބީލަމުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތައް މިބީލަމުގައި ބައިވެރިއެއް ނުވެވޭނެއެވެ.
3- ބީލަން ހުޅުވުމަށް ހަމަޖެހިފައިވާ ތަނަށް ހާޟިރުވާއިރު ހާޟިރުވާ ފަރާތުގެ އައި.ޑީ ކާޑު ނުވަތަ ފޮޓޯޖެހި ކާކުކަން އަންގައިދޭ ލިޔުމެއް އޮންނަންވާނެއެވެ. އަދި މީގެ އިތުރުން ބީލަން ހުށަހަޅާ ފަރާތުގެ ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެމީހަކީ އެފަރާތެއްގެ ނުވަތަ އެވިޔަފާރީގެ ފަރާތުން ކަނޑައަޅާފައިވާ ފަރާތެއްކަން އެނގޭނެފަދަ ލިޔުމެއް ނުވަތަ ބޯޑު ރިޟޮލިއުޝަނެއް ހުށަހަޅަންވާނެއެވެ.
4- މި ބީލަމާއިގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ، 28 އޮގަސްޓް 2024 ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން، މިއިދާރާއަށް އީމެއިލް މެދުވެރިކޮށް [email protected] އަށް ހުށަހެޅުއްވުން އެދެމެވެ. އަދި ފޯނުން މައުލޫމާތު ދިނުމަށް ހަމަޖެހިފައިނުވާ ވާހަކަވެސް ދަންނަވަމެވެ.
5- ބީލަން/ޕްރޮޕޯސަލް ހުޅުވުން އޮންނާނީ 03 ސެޕްޓެންބަރު 2024 ވާ އަންގާރަ ދުވަހުގެ 11:05 ގައި މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި، ބީލަން/ޕްރޮޕޯސަލް ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަން/ޕްރޮޕޯސަލްތައް ހުންނަންވާނީ ބީލަން ކަރުދާހުގައިވާ މައުލޫމާތާއި އެއްގޮތަށެވެ.
18 ޞަފަރު 1446