ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)203-AS/1/2024/35
ޕަބްލިޝްކުރި ތާރީޚް: 22 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 11:49
ސުންގަޑި: 29 އޮގަސްޓް 2024 12:30
އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
މިޖެންސީއިން ދެމުންދާ ބައެއް ޚިދުމަތްތައް

މި އިޢުލާންވަނީ 22 އޮގަސްޓް 2024 13:54 ގައި ބާތިލް ކުރެވިފައެވެ.


 

އިޢުލާން

 

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ އިން ދެމުންދާ ބައެއް ޚިދުމަތްތައް 22 އޮގަސްޓް 2024 އިން  ފެށިގެން ޑިޖިޓަލް ޕަބްލިކް ސަރވިސް ޑެލިވަރީ ޕްލެޓް ފޯމް "ވަންގަވް" މެދުވެރިކޮށް ފޯރުކޮށް ދިނުމަށް ނިންމާފައިވާކަން އިޢުލާން ކުރަމެވެ. ވުމާއެކު، 22 އޮގަސްޓް 2024 ވަނަ ދުވަހުން ފެށިގެން ތިރީގައި ބަޔާންކޮށްފައިވާ ޚިދުމަތްތަކަށް އެދި ހުށަހަޅާނީ ވަންގަވް ޕްލެޓްފޯމް މެދުވެރިކޮށެވެ.

"ވަންގަވް" އަކީ ސަރުކާރުންދޭ ޚިދުމަތްތައް ފަސޭހަކަމާއެކު، ޑިޖިޓަލްކޮށް ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި، ގާއިމް ކުރެވިފައިވާ ޕްލެޓްފޯމެކެވެ. މި ގެނެވޭ ބަދަލުގެ ސަބަބުން މިޖެންސީއިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ، ފަސޭހަކަމާއި އެކީ މި ޚިދުމަތްތައް ލިބުން އަވަސްވެގެންދާނެއެވެ.

"ވަންގަވް" އިން މިއެޖެންސީގެ ޚިދުމަތްތައް ބޭނުން ކުރުމަށް https://one.gov.mv/entities/EPA އަށް ޒިޔާރަތް ކުރައްވާށެވެ.

"ވަންގަވް" ބޭނުންކުރުމަށް އީ-ފާސް އެކައުންޓެއް އޮތުން ލާޒިމްވާނެއެވެ. އީ-ފާސް އެކައުންޓެއް ނެތް ފަރާތްތަކުން https://efaas.egov.mv އަށް ޒިޔާރަތްކުރައްވާ އީ-ފާސް އެކައުންޓެއް ހުޅުވުމަށް އެދެމެވެ. މި ވެބްސައިޓްއިން އީ-ފާސް އާއި އަދި އެކައުންޓް ހުޅުވުމާއިބެހޭ އެންމެހާ މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

"ވަންގަވް" އާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ "ވަންގަވް" ސަޕޯޓް ޓީމްގެ ނަންބަރު 1500 އަށް ގުޅުއްވުން އެދެމެވެ.

 

22 އޮގަސްޓް 2024