މަސައްކަތް
ނަންބަރު: (IUL)438-RDS/1/2015/54
ޕަބްލިޝްކުރި ތާރީޚް: 04 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 16:21
ސުންގަޑި: 14 ޖޫން 2015 13:30
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ލ.ގަމުގައި ކުނި އަންދާ އިންސިނަރޭޓަރެއް ބިނާކުރުމަށް

ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގެ ކުނީގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ހިންގާ މަޝްރޫޢުގެ ދަށުން ލ.ގަމުގައި ކުނި އަންދާ އިންސިނަރޭޓަރެއް ބިނާކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.                   

ހުށަހަޅަންވީ ތަކެތި

  • މިމަސައްކަތް ކޮށްދެވޭނެ އަގު (ޖީ.އެސް.ޓީ ހިމަނައިގެން)
  • މަސައްކަތް ނިންމޭނެ މުއްދަތު
  • ހުށަހަޅާފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 45 ދުވަހަށް ވާންވާނެއެވެ.
  • ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓްރޭޝަނުގެ ކޮޕީ، ޖީ.އެސް.ޓީ ރަޖިސްޓްރޭޝަނުގެ ކޮޕީ، މިމަސައްކަތުގައި ކުންފުނީގެ ފަރާތުން މުޢާމަލާތު ކުރާނޭ ފަރާތުގެ ނަން، މަޤާމު އަދި ފޯނު ނަންބަރު) އަދި އަމިއްލަ ފަރުދެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ.
  • މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.

މި ޕުރޮޖެކްޓަށް ހުށަހެޅޭ، ޓެކްނިކަލް ގޮތުން ގަބޫލުކުރެވޭ ޕްރޮޕޯޒަލްތައް އިވެލުއޭޓު ކުރާއިރު ބެލެވޭނެ ބައިތައް

  • ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު
  • ހުށަހެޅޭ އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު
  • މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައި

އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ

 ވޭސްޓް މެނޭޖްމަންޓް އެންޑް ޕޮލިއުޝަން ކޮންޓްރޯލް ޑިޕާޓްމަންޓް

 މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

 ލ.ގަމުގައި އިންސިނަރޭޓަރެއް ބިނާކުރުމާ ގުޅޭ އިޢުލާނު ނަންބަރު: IUL)438-RDS/1/2015/54)

ބިޑު ހުޅުވުން

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 14 ޖޫން 2015 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހުގެ 13:30 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ބައްދަލުކުރާ ކޮޓަރީގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 14 ޖޫން 2015 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހުގެ 13:30 އަށް ބީލަން ފުރިހަމަކުރުމަށްފަހު ބަންދުކޮށްފައިވާ ސިޓީއުރައެއްގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. 

ނޯޓް:

  • މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ލިބިގެންވެއެވެ.
  • މި މަސައްކަތް ކުރުމަށް ބޭނުންވާ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓު www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3018300 / 3018431 ނަންބަރު ފޯނަށެވެ.

     މިނިސްޓްރީ އޮފް  އެންވަޔަރަންމަންޓް އެންޑް އެނަރޖީ

     ހަނދުވަރީ ހިނގުން، މާފަންނު

     މާލެ، 20392

     ދިވެހިރާއްޖެ.

     އީމެއިލް:  [email protected]

04 ޖޫން 2015