ޢާންމު މަޢުލޫމާތު
ނަންބަރު: (IUL) 14-E1/1/2024/89
ޕަބްލިޝްކުރި ތާރީޚް: 22 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 11:34
ސުންގަޑި: 25 އޮގަސްޓް 2024 14:00
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
އެސިސްޓެންޓް ކަސްޓަމްސް އޮފިސަރުގެ މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކަށް ބޭއްވުނު އިމްތިހާނުގެ ނަތީޖާ އާބެހޭ

       މި އޮފީހުގެ ނަންބަރު: (IUL)14-E1/1/2024/57 (04 ޖޫން 2024) އަދި (IUL)14-E1/1/2024/70 (26 ޖޫން 2024) އިޢުލާނާއި ޙަވާލާދީ ދަންނަވަމެވެ.

       ޙަވާލާދީފައިވާ އިޢުލާނުތަކުގައި ދެންނެވިފައިވާ އެސިސްޓެންޓް ކަސްޓަމްސް އޮފިސަރުންގެ މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކަށް ބޭއްވުނު އިމްތިޙާންގެ ނަތީޖާ، މި އޮފީހުގެ ވެބްސައިޓު (www.customs.gov.mv) ގެ ހޯމް ޕޭޖްގެ "ރެކްރޫޓްމަންޓް ސްޓެޓަސް" އިން ބެލެން ހުންނާނެ ވާހަކަ ދެންނެވީމެވެ.

       "އެސިސްޓެންޓް ކަސްޓަމްސް އޮފިސަރުގެ މަޤާމަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓްކޮށް މަޤާމުތަކަށް މީހުން ހޮވުމުގައި ބަލާނެ މިންގަނޑު" ގެ 8 ވަނަ މާއްދާގެ (ހ) ގައިވާގޮތުގެ މަތިން ބޭސިކް ފިޒިކަލް ފިޓްނަސް ޓެސްޓަށް ޝޯޓްލިސްޓް ކުރެވިފައިވާ ފަރާތްތަކަށް އެ ޓެސްޓު ބާއްވާނެ ތާރީޚާއި، ތަަނާއި އަދި ގަޑި މި އޮފީހުގެ ވެބްސައިޓްގައި ޝާއިއުކުރެވިފައި ވާނެއެވެ. އަދި ފިޒިކަލް ފިޓްނަސް ޓެސްޓްގެ ބައިތައް ހިމެނޭ "ކަސްޓަމްސްގެ ވަޒީފާއަށް ވަނުމަށް ދެވޭ ބޭސިކް ފިޒިކަލް ފިޓްނަސް ޓެސްޓް ދިނުމުގައި އަމަލުކުރާނެ ގޮތުގެ ތަފްސީލް" ކަރުދާސް މި އޮފީހުގެ ވެބްސައިޓުގައި  (https://www.customs.gov.mv/Media/Documents/careers)  އާންމުކުރެވިފައިވާނެކަން މައުލޫމާތަށްޓަކައި ދަންނަވަމެވެ.

       މިމައުލޫމާތާބެހޭގޮތުން އެއްވެސް ޝަކުވާއެއް ނުވަތަ ކަމެއް ސާފުކުރަން ބޭނުންވާނަމަ، 25 އޮގަސްޓް 2024 ގެ 14:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. އީމެއިލް ކުރައްވާއިރު ވަޒީފާއަށް ކުރިމަތިލީ ފަރާތުގެ ފުރިހަމަ ނަމާއި އައިޑީ ކާޑް ނަންބަރު އެނގޭނެހެން އީމެއިލްކުރެއްވުން އެދެމެވެ. 

22 އޮގަސްޓް 2024