ޢާންމު މަޢުލޫމާތު
ނަންބަރު: O3C-A/2024/4
ޕަބްލިޝްކުރި ތާރީޚް: 22 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 08:21
ސުންގަޑި: 05 ސެޕްޓެންބަރު 2024 14:00
ހައްދުންމަތީ މާބައިދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
އަގު ކޮމެޓީގެ ދަފްތަރަށް މެމްބަރުން ހޯދުން

ނަމްބަރު: O3C-A/2024/4

އިއުލާން

 

އަގު ކޮމެޓީގެ ދަފްތަރަށް މެމްބަރުން ހޯދުން

މިކޯޓަށް ހުށަހެޅޭ މައްސަލަތަކުގައި އަގުކުރަންޖެހޭ ތަންތަން އަގުކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ އަގު ކޮމެޓީގެ މެމްބަރުންގެ ދަފްތަރެއް ޝަރުޢީ އަގުކުރުމާބެހޭ ޤަވާޢިދުގެ 9 ވަނަ މާއްދާގެ (ށ) އާއި ގުޅިގެން އެކުލަވާލަން ބޭނުން ވެއެވެ. އަގުކުރުމުގެ މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނަށް ދުވާލަކަށް -/300ރ (ތިންސަތޭކަ ރުފިޔާ) އުޖޫރައެއް ދެވޭނެއެވެ. އުޖޫރަދެވޭނީ މަސައްކަތް ކުރާ ދުވަހަކަށެވެ.

 ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން  05 ސެޕްޓެމްބަރ 2024މ. ވަނަ ދުވަހުގެ 14:00ގެ ކުރިން ސިޓީ ހުށަހެޅުއްވުން އެދެމެވެ. ސިޓީ ހުށަހަޅުއްވާއިރު ތަޢުލީމީ ފެންވަރު ސާފުވާނެ ސެޓްފިކެޓެއް ނުވަތަ މަސައްކަތުގެ ތަޖުރިބާ ސާފުވާނެ ލިޔުމެއްގެ ކޮޕީއަކާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ހުށަހެޅުއްވުން އެދެމެވެ. މި ކޯޓުގެ އީ-މެއިލް [email protected]  އަށް މެއިލް ކުރައްވާ ސިޓީއާއި ލިޔުންތައް އެއް ޕީ.ޑީ.އެފް (PDF) ފައިލެއްގެ ގޮތުގައި ފޮނުއްވުން އެދެމެވެ.

 

                      ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

22 އޮގަސްޓް 2024މ.

18 ޞަފަރު 1446ހ.

22 އޮގަސްޓް 2024