ދިވެހިރާއްޖެ
ކެނދިކުޅުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއިން އިސް ނަގައިގެން ކެނދިކުޅުދޫ ކައުންސިލާއި ގުޅިގެން ޖަމާޢަތްތެރިކަމުގެ ކޯހެއް ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.
މިޕްރޮގްރާމް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ގިނަވެގެން 6 ދުވަހުގެ މުއްދަތަށެވެ. މިކޯހުގައި ކަށުކަމާކެމީގެ އެންމެހާ މަސައްކަތް ދަސްކޮށްދެވޭނެއެވެ. އަދި މައްޔިތާ އާމެދު ކަންކަން ކުރިޔަށް ގެންދަންވީގޮތުގެ މަޢުލޫމާތު އުނގަންނައިދެވޭނެއެވެ.
މިކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 31 އޯގަސްޓް 2024 ގެ 13:00 ގެ ކުރިން ތިރީގައިވާ އޮންލައިން ފޯމް މެދުވެރިކޮށް ރަޖިސްޓްރީވުން އެދެމެވެ.
ރަޖިސްޓްރޭޝަން ފޯމް: https://forms.office.com/r/Tuf9CT1STq
މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސް އަލްފާޟިލާ ޢާއިޝަތު ޢީސާ (ފޯން: 7781539) އާއި ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
17 ޞަފަރު 1446
21 އޯގަސްޓް 2024