ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)257/257/2024/57
ޕަބްލިޝްކުރި ތާރީޚް: 21 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 13:37
ސުންގަޑި:
29 އޮގަސްޓް 2024 13:00
ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ފަނުން ތަކެތި ވިޔަން ދަސްކޮށްދިނުމުގެ ޕްރޮގުރާމާ ގުޅޭ
ބާރަށު އަންހެނުންގެ ތަރައްޤީ އަށް މަސައްކަތްކުރާ ކޮމިޓީން މިރަށުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފަނުން ތަކެތި ވިޔަން ދަސްކޮށްދިނުމުގެ ޕުރޮގުރާމެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ، މިޕްރޮގުރާމުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން، 29 އޮގަސްޓް 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، މިއިދާރާރަށް ދުރުވެ މި ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުން އެދެމެވެ.
މި ފޯމް ދޫކުރާނީ މިކައުންސިލް އިދާރާގެ ކައުންޓަރުންނެވެ.
މި ޕްރޮގްރާމްގެ މުއްދަތަކީ 10 ދުވަހެވެ. މި ޕްރޮގްރާމަކީ މުޅިން ހިލޭ ސާބަހަށް ކުރިއަށް ގެންދެވޭ ކޯހެކެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށް ޓަކާ އިޢުލާން ކުރީމެވެ.
21 އޮގަސްޓް 2024