ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)408-ESMS/408/2024/44
ޕަބްލިޝްކުރި ތާރީޚް: 21 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 13:15
ސުންގަޑި: 29 އޮގަސްޓް 2024 13:00
ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްތަކުގެ ވެރިން ހޯދުމާގުޅޭ

                މި ރަށު އިރުމަތީ ސްޓޭޑިއަމް (ފުޓްބޯޅަ ދަނޑު)ގެ އިރުން ކުނިކޮށްޓަށް ދާ މަގުގެ އިރުމަތީފަރާތު އުރީދޫ އެންޓަނާގެ އުތުރުން އެ މަގަށްއަރާ 13 ދިވެހި ރުއް  ކަޅުކުލައިގެ ދަވާދުން ނަންބަރު ޖަހާފައިވާނެއެވެ.  މި ރުއްތަކުގެ ވެރިފަރާތަށް ބަދަލު ދިނުމަށްފަހު އެ ރުއްތައް ކައުންސިލަށް ނެގުމަށް ބޭނުންވެއެވެ.

                ވީމާ، އިސްވެދެންނެވުނު ސަރަޙައްދުގައި ކަޅުކުލައިގެ ދަވާދުން ނަންބަރު ޖަހާފައިވާ އެއްވެސް ރުކެއްގެ ވެރިފަރާތެއްވާނަމަ، އެކަން އެނގޭނެ ލިޔުމަކާއެކު އެ ރުކެއްގެ ނަންބަރު އެނގޭގޮތަށް 29 އޮގަސްޓު 2024 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން މި އިދާރާއަށް ލިޔުމަކުން އެންގެވުން އެދެމެވެ.

                މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

21 އޮގަސްޓް 2024