ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)1-CSO(HR)/1/2024/59
ޕަބްލިޝްކުރި ތާރީޚް: 21 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 12:55
ސުންގަޑި: 27 އޮގަސްޓް 2024 13:00
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

ވަޒީފާގެ ފުރުޞަތު

މި އޮފީހުގެ ހުސްވެފައިވާ މިދަންނަވާ ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި އޮފީހުގެ ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލު މީހުންނެވެ.

1. މަގާމުގެނަން:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ރޭންކް:

އެމް.އެސް 1

އޮފީސް/ ސެކްރެޓޭރިއެޓް/ ސެކްޝަން:

ސެކްރެޓޭރިއެޓް އޮފް ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ

ބޭނުންވާ އަދަދު:

1 (އެކެއް)

އަސާސީ މުސާރަ:

5,610.00 ރުފިޔާ

ސަރވިސް އެލަވަންސް:

2,000.00 ރުފިޔާ

އެކްސްކްލޫސިވް ޖޮބް އެލަވަންސް:

2,524.50 ރުފިޔާ (އަސާސީ މުސާރައިގެ %45)

ލިވިންގ އެލަވަންސް:

2,500.00 ރުފިޔާ

އެޑްމިނިސްޓްރޭޓިވް ސަޕޯޓް އެލަވަންސް:

1,000.00 ރުފިޔާ

މަގާމުގެ ޝަރުޠު:

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 (ސެޓްފިކެޓް 4) ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 (ޑިޕްލޮމާ) ނުވަތަ ލެވެލް 6 (ޕްރޮފެޝަނަލް ސެޓްފިކެޓް/ އެޑްވާންސްޑް ޑިޕްލޮމާ/ އެސޯސިއޭޓް ޑިގްރީ/ ފައުންޑޭޝަން ޑިގްރީ) ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަގާމުގެ މައިގަނޑު  މަސްއޫލިއްޔަތުތައް:

- ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރގެ ސެކްރެޓޭރިއެޓުގެ އިދާރީ މަސައްކަތްތަކާ ގުޅޭ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

- ސަރުކާރުގެ ޤައުމީ ސަލާމަތާބެހޭ ސިޔާސަތުތަކާއި އޮފީހުގެ ދާއިރާތަކާގުޅޭ ކަންކަމުގައި ބޭނުންވާ ރިސަރޗް ރިޕޯޓުތައް ޤަވައިދުން ތައްޔާރުކުރުން.

ހުށަހަޅަންޖެހޭ ތަކެތި:

ހ. "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު".

ށ. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ޕޮޓޯކޮޕީ.

ނ. ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ ("އޯ" ލެވެލް، "އޭ" ލެވެލް، އެސް.އެސް.އީ. ، އެޗް.އެސް.އެސް.ސީ. ، އެފް.ސީ.އީ. ، ސީ.އޭ.އީ. ، ސީ.ޕީ.އީ. ، ޑިގްރީ، މާސްޓަރސް، އެކިއެކި ޓްރޭނިންގ ކޯސްތަކުގެ ސެޓްފިކެޓުތައް). މީގެތެރެއިން "އޯ" ލެވެލް އަދި "އޭ" ލެވެލް ސެޓްފިކެޓްފިޔަވައި ހުރިހާ ސެޓްފިކެޓުތައް އެކްރެޑިޓްކޮށްފައި ހުށަހެޅުއްވުން އެދެމެވެ.

ރ. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

ބ. ލިބިފައިވާ ސަނަދުތަކުގެ ފޮޓޯކޮޕީ.

ޅ. ސްކޫލް ލީވިންގ ސެޓްފިކެޓްގެ ޕޮޓޯކޮޕީ.

އިތުރު މަޢުލޫމާތު:

މި މަގާމަށް ޝަރުޠު ހަމަވާ މީހުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު ފުރިހަމަކުރެއްވުމަށްފަހު، އެ ފޯމާއެކު މަތީގައި ބަޔާންކޮށްފައިވާ ހުށަހަޅަންޖެހޭ ތަކެތި، 2024 އޮގަސްޓު 27 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން، މި އޮފީހުގެ އީމެއިލް [email protected] މެދުވެރިކޮށް ނުވަތަ މި އޮފީހުގެ ރިސެޕްޝަން ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ. މި މަގާމަށް އިންޓަރވިއު ކުރެވޭނީ، މަގާމުގެ ޝަރުޠު ހަމަވެ، ޝޯޓް ލިސްޓް ކުރެވޭ މީހުންނާއެވެ. އަދި، ޝޯޓުލިސްޓުކުރުމުގައި މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތަޖުރިބާ ލިބިފައިވާ މިންވަރަށް ބަލައި، އެ މީހުންނަށް އިސްކަންދެވޭނެއެވެ.

އަދި ވަޒީފާއަށް އެދި ފޯމު ހުށަހަޅާއިރު އެދުނު މަގާމުގެ ނަމާއި އޮފީސް/ ސެކްރެޓޭރިއެޓް/ ސެކްޝަން ސާފުކޮށް އެނގޭގޮތަށް ޖެއްސެވުން އެދެމެވެ. "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު" މި އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. މި އޮފީހުގެ ވެބްސައިޓްގެ އެޑްރެހަކީ https://presidency.gov.mv/ އެވެ.

21 އޮގަސްޓް 2024