ދިވެހިރާއްޖެ
ޕްރޮޖެކްޓް ނަންބަރު PC/308/2024/10
މިއިދާރާގެ ނަންބަރު (IUL)308/2024/39 އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުތައް ބޮޑުކަމަށް ފެންނާތީ، އެއިޢުލާނު ބާޠިލުކޮށް، އަލުން އެމަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މަސައްކަތާއިގުޅޭ މަޢުލޫމާތު
- ބަށިކޯޓް ސަރަޙައްދުގައި ހުރި ފައިބަރު ޑިންގީތަކާއި ހަލްތައް ލެމަން ތެޔޮޝެޑާއި ދިމާ ހުޅަނގު ހޭޅިފަށަށް ބަދަލުކުރުން.
- ބަށިކޯޓްގެ ފެންސްގެ ހޮޅިތައް ކޮންކްރިޓް ބުޑާއި ހަމައިން ބުރިކޮށް ނަގައި ކައުންސިލުން އަންގާ ތަނަކަށް ޖަމާކުރުން.
- ބިން ސާފުކޮށް ކުނި އުކާލުމާއި ބިންގަނޑު ލެވަލްކުރުމާއި ކޮމްޕެކްޓްކުރުން.
- ތަޅުންއެޅުމުގެ ކުރިން ތަޅުން އަޅާ ބޮޑުމިނުގައި ސެލޯފިން އެޅުން.
- ތަޅުމުގެ ދިގުމިން ހަމަހަމަކޮށް 3 (ތިނެއް) ބަޔަށް ބަހާލުމާއިއެކު ފުޅާމިން 2 (ދޭއް) ބަޔަށް ހަމަހަމަޔަށް ބަހާލަންވާނެއެވެ.
- ތަޅުމުގެ ބޯމިނުގައި 3 (ތިނެއް) އިންޗި ހުންނަންވާނެއެވެ.
- ތަޅުން އަޅާނީ ޖަދުވަލު 1 ގައިވާ ގޮތަށް ބައިބަޔަށް ބަހައިގެންނެވެ. އަދި ކޮންމެ ދެބައެއްގެ ދެމެދު 3 އެމް.އެމްގެ ދުރުމިން ހުންނަންވާނެއެވެ.
- ތަޅުމުގެ ރޭޝިއޯ: 4:1 ސިމެންތި: ހިލަވެލި
- މިއިޢުލާނުގެ ޖަދުވަލު 1 ގައިވާ ކުރެހުމާއި އެއްގޮތަށް ރީނދޫކުލައިން ޓްރެކް ކުރެހުން. ތަޅުމުގައި ކުރަހާނީ ތަޅުމުގައި ކުރެހުމަށް ޚާއްޞަ ދަވާދުންނެވެ.
- ޓްރެކް ލައިންތަކުގެ ފުޅާމިނުގައި 4 (ހަތަރެއް) އިންޗި ހުންނަންވާނެއެވެ.
ރަޖިސްޓްރީކުރުން |
2024 އޮގަސްޓް 28 ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން ބިޑް ރަޖިސްޓްރީކުރަންވާނެއެވެ. ބިޑް ރަޖިސްޓްރީ ފޯމުގެ ލިންކް ތިރީގައި އެވަނީއެވެ. އެއްގަމު ލައިސަންސް ޓްރެކްޓްއެޅުމުގެ ބިޑުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް (google.com) ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ ބިޑް ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ. |
މަޢުލޫމާތު ސާފުކުރުން |
މި މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް އީ-މެއިލް ކުރައްވާނީ 2024 އޮގަސްޓް 28 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައި ދަންނަވާފައިވާ އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ. އީމެއިލް އެޑްރެސް: [email protected] ކޮޕީ: [email protected] |
އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަނޑި އާއި ހުށަހަޅާނެގޮތް |
|
އަގު ހުށަހަޅަންވީ ގޮތް:
- އަގު ހުށަހަޅަންވާނީ ދިވެހި ރުފިޔާއިންނެވެ.
- އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައިއެވެ.
- ސިޓީއުރައިގައި ބަންދުކުރެވިފައިވާ ލިޔެކިޔުން ފިޔަވާ އެހެން ލިޔުމެއް ފަހުން ބަލައެއް ނުގަނެވޭނެއެވެ. އަދި ބަންދުކުރެވިފައިވާ ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.
"އެއްގަމު ލައިސަންސް ޓްރެކްއެޅުން"
މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް:
- ވިޔަފާރީގެ މުއްދަތު ހަމަނުވާ ރަޖިސްޓްރީގެ ކޮޕީ.
- އަންދާސީ ހިސާބު ހުށަހަޅާ ފޯމް
ޕޮއިންޓް ދެވޭގޮތުގެ ތަފްސީލު:
- ޕޮއިންޓް ދިނުމުގައި ބަލާ މިންގަނޑު ތަކަކަކީ :
- އަގު %80
- ތަޖުރިބާ
- މުއްދަތު
- ބިޑް އިވެލުއޭޓްކުރުމުގައި އަގުގެ ބެންޗްމާކުގެ ގޮތުގައި ބަލާނީ ހުށަހަޅާފައިވާ އެންމެ ކުޑައަގެވެ.
- ތަޖުރިބާއަށް ޕޮއިންޓް ދިނުމުގައި ބަލާނީ ފާއިތުވި 2 އަހަރު ކޮށްފައިވާ މިފަދަ މަސައްކަތްތަކުގެ ލިޔުމަށެވެ.
- ބިޑް އިވެލުވޭޓްކުރުމުގައި މުއްދަތުގެ ބެންޗްމާކުގެ ގޮތުގައި ބަލާނީ ހުށަހަޅާފައިވާ އެންމެ ކުރު މުއްދަތެވެ.
- ބިޑް އިވެލުއޭޓް ކުރާނީ މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީންނެވެ.
- ބިޑް އިވެލުއޭޝަން ކޮމިޓީން އިވެލުއޭޓްކުރުމަށް ފަހު، ބިޑުތައް ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އެންގޭނެއެވެ.
- ބިޑް އިވެލުއޭޝަނާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ "ބީލަންވެރިޔާ މައްސަލަ ހުށަހަޅާ ފޯމް" ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.