ދިވެހިރާއްޖެ
ށ.ކަނޑިތީމު އޮޑި އެހެލާ ސަރަހައްދަށް ކަރަންޓް ލައިދޭނެ ފަރާތެއް ހޯދުން
މިކައުންސިލުންދޭ މަޢުލޫމާތާއި ކުރެހުމާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ށ.ކަނޑިތީމު އޮޑި އެހެލާ ސަރަހައްދަށް ކަރަންޓް ލުމުގެ މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ބީލަމުގައި ރަޖިސްޓްރީވުން:
ބީލަން ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 21 އޮގަސްޓް 2024 (ބުދަ) ދުވަހުގެ 14:00 އިން ފެށިގެން 27 އޮގަސްޓް 2024 (އަންގާރަ) ދުވަހުގެ 12:00 އާއި ދެމެދު މިއިދާރާއަށް ވަޑައިގެން، ނުވަތަ އޮންލައިންކޮށް ތިރީގައިވާ ލިންކް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީވުމަށް ދަންނަވަމެވެ.
ލިންކް: https://forms.gle/S9x4jdqfu2yKFn5r8
މަޢުލޫމާތު ދިނުން:
މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް އަދި އަގު ހުށައަޅާ ފޯމް މިއިއުލާނާއި އެކު އާންމު ކުރެވިފައިވާނެއެވެ.
ބީލަން ހުށަހެޅުން:
ބީލަން ހުޅުވުން އޮންނާނީ 29 އޯގަސްޓް 2024 (ބުރާސްފަތި) ދުވަހުގެ މެންދުރު 13:00ގައި މިއިދާރާގެ ކޮންފަރެންސް ހޯލްގައެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބުތަކާއި، އީމެއިލްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް، އަދި ލިޔުންތަކާއި ، މަޢުލޫމާތު ފުރިހަމަނުވާ ބީލަންތައް ބާޠިލުވާނެވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
މިބީލަމުގައި ބައިވެރިވަޑައިގެންނެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓްގެ ޤާނޫނު ނަމްބަރު: 18/2014 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު)ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި ޤާނޫނު ނަމްބަރު: 19/2014 (އަމިއްލަފަރުދުންގެ ވިޔަފާރި ޤާނޫނު)ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
17 ޞަފަރު 1446