ބީލަން
ނަންބަރު: (IUL)373-PP/INDIV/2024/40
ޕަބްލިޝްކުރި ތާރީޚް: 20 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 21:57
ސުންގަޑި: 29 އޮގަސްޓް 2024 13:00
ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަރަނބޫދޫ ފަތުރުވެރިކަމަށް ޚާއްޞަ ކުރެވިފައިވާ ބިމުން 03 ބިމެއް ކުއްޔަށް ދޫކުރުމަށް ބިޑް ހުށަހެޅުމުގެ ދަޢުވަތު

އިޢުލާން

ބިޑް ހުށަހެޅުމުގެ ދަޢްވަތު:

މިއިދާރާގެ ނަންބަރު:(IUL)373-MS/INDIV/2024/34 (16 ޖުލައި 2024)ގެ އިޢުލާނާއި، މަޢުލޫމާތު ކަރުދާހަށް ބަދަލު ގެނެވިފައިވާތީ އެއިޢުލާން ބާތިލްކޮށް، ދަރަނބޫދޫ ހުޅަނގުކޮޅުން 50 ފޫޓް ފުޅާ، 100 ފޫޓް ދިގު، ޖުމުލަ: 5000 އަކަފޫޓުގެ 03 ބިން ގެސްޓްހައުސްގެ ވިޔަފާރިކުރުމަށް ކުއްޔަށް ދޫކުރުމަށްޓަކައި އެ ބިންތައް ޑިޒައިންކޮށް، ތަރައްގީކޮށް، ހިންގައި މެނޭޖް ކުރުމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ކަމުގެ ޝައުގުވެރިކަން ހުރި ޤާބިލް ފަރާތްތަކަށް އަލުން އަރުވަމެވެ.

01. ބީލަމުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން "ދަރަނބޫދޫން ގެސްޓްހައުސް ވިޔަފާރިކުރުމަށް ބިން ކުއްޔަށް ދޫކުރުމުގެ ބީލަން ހުށަހަޅާ ފޯމް" 2024 އޯގަސްޓް29ވަނަ ދުވަހުގެ 13.00ގެ ކުރިން ގަންނަންވާނެއެވެ. ބީލަމުގައި ބައިވެރިވެވޭނީ  ހަމައެކަނި ބީލަން ހުށަހަޅާ ފޯމް ގަންނަފަރާތްތަކަށެވެ.

02. ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 2024 ސެޕްޓެމްބަރ 12ވާ ބުރާސްފަތި ދުވަހުގެ 13.00ގައި މިއިދާރާގައެވެ. ބީލަން އޮންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ގެސްޓްހައުސް ވިޔަފާރުކުރުމަށް ދަރަނބޫދޫން ބިން ކުއްޔަށް ދޫކުރުމުގެ ބީލަން" މިހެން ލިޔެފައި އޮންނަންވާނެއެވެ.

03. ހުށަހަޅާ ބީލަންތައް ވަޒަންކުރާނެ މިންގަނޑާއި ބީލަމާއެކު ހުށަހަޅަންޖެހޭ ތަކެތީގެ ތަފްޞީލް އަދި ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް މި އިޢުލާނާއެކުގައިވާ މަޢުލޫމާތު ކަރުދާހުގައި ހިމަނާފައިވާނެއެވެ.

04. އިތުރު މަޢްލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ، ރަސްމީގަޑީގައި މިއިދާރާގެފޯން ނަންބަރު: 6740015އަށް ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

20 އޮގަސްޓް 2024