ދިވެހިރާއްޖެ
| 
 ކޮލަމްބޯ ޕްލޭން – ކޮރެއާ (ކޭ.ޑީ.އައި ސްކޫލް އޮފް ޕަބްލިކް ޕޮލިސީ އެންޑް މެނޭޖްމަންޓް) 2025  | 
||
| 
 ޤައުމު: ކޮރެއާ  | 
 މާސްޓަރ އޮފް ޕަބްލިކް ޕޮލިސީ މާސްޓަރ އޮފް ޑިވެލޮޕްމަންޓް ޕޮލިސީ މާސްޓަރ އޮފް ޕަބްލިކް މެނޭޖްމަންޓް މާސްޓަރ އޮފް ޑޭޓާ ސައިންސް ފޯރ ޕަބްލިކް ޕޮލިސީ އެން މެނޭޖްމަންޓް  | 
 ކޯހުގެ ލެވެލް އަދި އަދަދު:  | 
| 
 - ކޯހާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުން. - ޕަބްލިކް ސެކްޓަރގައި މަސައްކަތް ކުރާ ފަރާތެއް ކަމުގައިވުން - މިމިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑްކުރެވިފައިވާ އެޕްލިކޭޝަން ގައިޑްލައިންގައި އިތުރު ޝަރުތެއްވާނަމަ އެޝަރުތު ހަމަވުން. އެދޭ ކޯހަކާގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް: 1. މި މިނިސްޓްރީއިން ނުވަތަ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަގާފައިވާނަމަ ޑީފޯލްޓެއް ނެތި އެލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވުން. 2. އެދޭ ކޯހަކީ މިހާރު ފުރިހަމަކޮށްފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި އެދޭ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައި ނުވުން.  | 
 ކޯހުގެ ޝަރުތު:  | 
|
| 
 ފުރިހަމަކޮށްފައިވާ އެޕްލިކޭޝަނާއެކު ހުށަހަޅަން ޖެހޭ ތަކެތި. 1. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. 2. ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ (ގްރޭޑިންގ ކްރައިޓީރިއާ އެނގޭގޮތަށް) 3. މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ 4. ޕަބްލިކް ސެކްޓަރގައި މަސައްކަތްކުރާ ކަން އަންގައިދޭ ލިޔުން. 5. އިޢުލާނާއިއެކު މި މިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑް ކުރެވިފައިވާ ކޯހުގެ އެޕްލިކޭޝަން ގައިޑްލައިންގައި އިތުރު ޝަރުތެއް ވާނަމަ އެޝަރުތު ހަމަވާކަން ސާބިތުކޮށްދިނުމަށްޓަކައި، އެއާއި ގުޅޭ ލިޔުން. 6. ޚިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން އެބޭފުޅަކު މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން. 7. މިހާރު ހާސިލް ކުރައްވާފައިވާ އެންމެ މަތީ ސެޓްފިކެޓް ހާސިލް ކުރެއްވިފަހުން ދިވެހިރާއްޖެއަށް ޚިދުމަތް ކޮށްފައިވާ މުއްދަތު އެނގޭނެ ރަސްމީ ލިޔުމެއް، ރަސްމީ ލިޔުމެއް ނުލިބިއްޖެނަމަ ސަބަބާއި މުއްދަތު އިނގޭނެ އަމިއްލަ ލިޔުމެއް . 8. މިނިސްޓްރީއިން ނުވަތަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ލޯނު ނަގާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ގަވައިދުން ޑިފޯލްޓެއް ނެތި ލޯނު ދައްކާ ފަރާތްތަކުން މިސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހަޅާނަމަ، ކުރިން ނަގާފައިވާ ލޯނު ދައްކަމުން ގެންދާނެ ކަމަށް ބަޔާންކޮށް އެފަރާތުގެ ލިޔުމެއް.  | 
 ހުށަހަޅަންޖެހޭ ތަކެތި  | 
|
| 
 * މިސްކޮލަރޝިޕާ ގުޅޭ އިތުރު މަޢުލޫމާތު "އެޕްލިކޭޝަން ގައިޑްލައިން" މިމިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. * މިސްކޮލަރޝިޕަށް އެޕްލައިކުރާ ކެންޑިޑޭޓުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ކެންޑިޑޭޓުން މިމިނިސްޓްރީއިން ނޮމިނޭޓް ކުރެވޭނެއެވެ. އަދި ފައިނަލް ސިލެކްޝަން ހައްދަވާނީ ކޮލަމްބޯ ޕްލޭންއާއި، ކޭ.ޑީ.އައި ސްކޫލް އޮފް ޕަބްލިކް ޕޮލިސީ އެންޑް މެނޭޖްމަންޓުންނެވެ. * މިސްކޮލަރޝިޕްގެ ދަށުން އެޑްމިޝަން ފީއާއި، ޓިއުޝަން ފީއާއި ސްޓައިޕެންޓް ކޭ.ޑީ.އައި ސްކޫލުން ދެއްވުމަށް ހަމަޖެހިފައިވާއިރު ދެކޮޅު ޓިކެޓް ކޮލޮމްބޯ ޕްލޭންއިން ހަމަޖައްސަވައި ދެއްވާނެއެވެ. މީގެއިތުރު ޚަރަދެއް ހިނގާނަމަ އެޚަރަދެއް ހަމަޖައްސަންޖެހޭނީ ކޯހަށް ހޮވޭ ކެންޑިޑޭޓް އަމިއްލައަށެވެ. * މިކޯހުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރު ފެބްރުވަރީ މަހުގައެވެ. * މިމިނިސްޓްރީއަށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މިސްކޮލަރޝިޕަށް ނޮމިނޭޓްކުރެވޭ ކެންޑިޑޭޓުން މިމިނިސްޓްރީން އެންގުމުން، ކޭޑީއައި ސްކޫލްގެ އޮންލައިން އެޕްލިކޭޝަން ހުށަހެޅުމަށްފަހު 29 އޮގަސްޓް 2024 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން މިމިނިސްޓްރީއަށް އެޕްލިކޭޝަން ފޮނުވަން ޖެހޭނެއެވެ. ކޭޑީއައި ސްކޫލްގެ އޮންލައިން އެޕްލިކޭޝަންއާއިއެކު ހުށަހަޅަންޖެހޭ ލިޔުންތަކުގެ ތަފްސީލް މިއިޢުލާނާއިއެކު އަޕްލޯޑު ކުރެވިފައިވާ އެޕްލިކޭޝަން ގައިޑްލައިންގައި ބަޔާން ކުރެވިފައިވާނެއެވެ. * ސްޓޫޑެންޓް ލޯނު ސްކީމަކަށް ހޮވިފައިވާ ކެންޑިޑޭޓުން ލޯނު އެގްރީމެންޓްގައި ސޮއިނުކުރާނަމަ މި ސްކޮލަރޝިޕް ފުރުޞަތަށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. އަދި ސްކޮލަރޝިޕްއަށް ނޮމިނޭޓްވުމުން ލޯނުގެ ފުރުސަތު ދޫކޮށްލަން ޖެހޭނެއެވެ. * އެހެން ސްކޮލަރޝިޕަކަށް ނޮމިނޭޓްވެފައިވާ ކެންޑިޑޭޓެއް މި ސްކޮލަރޝިޕް ފުރުޞަތަށް ނޮމިނޭޓް ނުކުރެވޭނެއެވެ. * މި ސްކޮލަރޝިޕާއި ގުޅޭ އިތުރު މަޢުލޫމާތު މި އިޢުލާނާއެކު އެޓޭޗްކޮށްފައިވާ މަޢުލޫމާތު ޝީޓް އަދި "އެނެކްސް 1" އިން ލިބޭނެއެވެ.  | 
 
 އިތުރު މަޢުލޫމާތު  | 
|
| 
 ސުންގަޑި: 26 އޮގަސްޓް 2024 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން.  | 
||
| 
 އެޕްލިކޭޝަން ހުށަހަޅާނީ https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ.  | 
||
| 
 އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިންނާއި އަދި 1474 ނަންބަރު ފޯނުން ލިބޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް އީމެއިލް ކުރާނީ [email protected] އަށެވެ.  | 
||