ކުއްޔަށް ދިނުން
ނަންބަރު: (IUL)370-ESMS SC/370/2024/23
ޕަބްލިޝްކުރި ތާރީޚް: 20 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 15:06
ސުންގަޑި:
12 ސެޕްޓެންބަރު 2024 13:00
ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޖަޒީރާ ވިއު ގޯތީގެ ބިމާއި އިމާރާތް ( 07 ކޮޓަރީގެ ) ގެސްޓްހައުސް ވިޔަފާރިކުރުމަށް ދޫކުރުން
އިޢުލާން
މި ކައުންސިލްގެ "ޖަޒީރާ ވިއު" ގޯތި ކަމުގައިވާ 7831.68 އަކަ ފޫޓުގެ ބިމެއް، އެތަނުގައި ހަދާފައިވާ 07 ކޮޓަރީގެ އިމާރާތާއިއެކު ގެސްޓްހައުސްގެ ވިޔަފާރިކުރުމަށް ކުއްޔަށް ދޫކުރުމަށްޓަކައި މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް މިކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
- މި މަސައްކަތް ކުރުމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ފީއަލީ ކައުންސިލް އިދާރަގައި ރަޖިސްޓްރީ ވާންވާނެއެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް ދެވޭ އެންމެ ފަހު މުއްދަތަކީ 29 އޮގަސްޓް 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ނިޔަލަށެވެ. ( ރަޖިސްޓްރީ ވުމަށް -/2000 ރުފިޔާގެ ފީއެއް ދަށްކަންވާނެއެވެ.) އެގޮތުން ރަޖިސްޓްރީ ވުމަށް ފީ ދެއްކުމަށްފަހު، ޓްރާންސްފާރ ސްލިޕް ނުވަތަ ފައިސާ ދެއްކިކަމުގެ ރަޝީދު، ރަޖިސްޓްރީވުމަށް އެދޭ ފޯމާއެކު މިއިދާރާގެ އީމެއިލް އެޑްރެހަށް [email protected] އަށް ފޮނުވަންވާނެއެވެ.
ރަޖިސްޓްރީ ވުމަށް ފީ ދެއްކުން
އެކައުންޓްގެ ތަފްޞީލް
ނަން: Secretariat of Feeali Council
އެކައުންޓް ނަންބަރު: 7730000044669
- މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ގެޒެޓުގައި ޝާޢިއުކުރެވިފައިވާނެއެވެ. އެގޮތުން މި ބީލަމާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
- ބިޑް ހުޅުވުން އޮންނާނީ 12 ސެޕްޓެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މި އިދާރާގެ ކޮންފަރެންސް ހޯލްގައެވެ. ބިޑުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ.
- ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންންތައް އަދި މި ބީލަމުގައި މިއިދާރާގައި ރަޖިސްޓްރީ ނުކޮށް ހުށަހަޅާ ބީލަންތައް ބަލައި ނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ.
20 އޮގަސްޓް 2024
16 B 1446
ޚާދިމްކުމް
މޫސާ އަޙްމަދު
ފީއަލީ ކައުންސިލްގެ ރައީސް
20 އޮގަސްޓް 2024