މަސައްކަތް
ނަންބަރު: (IUL)318-PP/230/2015/1
ޕަބްލިޝްކުރި ތާރީޚް: 28 މޭ 2015
ޕަބްލިޝްކުރި ގަޑި: 12:03
ސުންގަޑި: 07 ޖޫން 2015 11:00
މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލް ޣާލީގެ ފުރާޅުގެ ޓިނު ބަދަލުކުރުމާއި، ފާޚާނާއަކާއި ގުދަން އަދި ވުޟޫކުރާތަން ހަދަން

ބ. ދަރަވަންދޫ މަސްޖިދުލް ޣާލީގެ ފުރާޅުގެ ޓިނު ބަދަލުކުރުމާއި، ފާޚާނާއަކާއި ގުދަން އަދި ވުޟޫކުރާތަން ހަދަން ބޭނުންވެއްޖެއެވެ.

ދަރަވަންދޫ ކައުންސިލްގެ އިދާރާއިން ދެވޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި މި މަސައްކަތްކޮށް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރައްވާ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ދިނުން

2015 ޖޫން 07 ވާ އާދީއްތަ ދުވަހުގެ 11:00

އަންދާސީހިސާބު ހުށަހެޅުއްވުން

2015 ޖޫން 11 ވާ ބުރާސްފަތި ދުވަހުގެ 14:00

ހުށަހަޅުއްވާ އަންދާސީހިސާބުތަކަށް މާކްސް ދެވޭނީ، ހުށަހަޅުއްވާ އަގަށް %60 އަދި މުއްދަތަށް %40 އެވެ.

އަންދާސީހިސާބާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަނުވާނަމަ ބީލަން ޤަބޫލެއް ނުކުރެވޭނެއެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަންބަރު 6600002 ފޯނާ ގުޅުއްވުން އެދެމެވެ.

28 މޭ 2015