ދިވެހިރާއްޖެ
ވިލުފުށީ ކައުންސިލްގެ 8 ވަނަ ޤުރުއާން މުބާރާތް 2024 ސެޕްޓެންބަރު 26 އިން 28 ގެ ނިޔަލަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 2024 އޮގަސްޓް 29 ވަނަ ދުވަހުގެ 13:30 ގެކުރިން މުބާރާތުގައި ބައިވެރިވުމަށްއެދޭ ފޯމު ފުރިހަމަކުރުމަށްފަހު ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ.
| 
 މުބާރާތުގައި ބައިވެރިވުން:  | 
 މުބާރާތުގައި ބައިވެރިވެވޭނީ ރަށު ކައުންސިލްގެ 8 ވަނަ ޤުރުއާން މުބާރާތުގެ ޤަވާޢިދުގައި، މުބާރާތުގައި ބައިވެރިވެވޭނެކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުގެ ތެރެއިން، މިމުބާރާތުގައި ބައިވެރިވުމަށް އެދި އެޕްލިކޭޝަން ފޯމު ހުށަހަޅާ ފަރާތްތަކަށް އެކަންޏެވެ. 
  | 
| 
 ބައިވެރިވުމަށް އެދޭ ފޯމު ލިބެންހުންނާނެ ތަންތަން:  | 
 
  | 
| 
 ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:  | 
 ބައިވެރިވާން އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ފޯމާއެކު ހުށަހަޅަން ވާނެއެވެ. 
  | 
| 
 ސުންގަޑި:  | 
 މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 2024 އޮގަސްޓް 29 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، ވިލުފުށީ ކައުންސިލްގެ އިދާރާއަށް ފޯމުހުށަހަޅަން ވާނެއެވެ.  | 
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.