ދިވެހިރާއްޖެ
ޕަބްލިކް ހެލްތު ޔުނިޓުގެ މަސައްކަތްތަކަށް ބޭނުންކުރުމަށް އިސްދޫ ސިއްޙީމަރުކަޒުގެ ހަންހާރަ ފެންޑާ މަރާމާތުކުރުމުގެ މަސައްކަތް ކޮށްފައިވާ މިކައުންސިލްގެ ނަންބަރ (IUL)395-02/395/2024/76 (18 ޖުލައި 2024) އިޢުލާންނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުތަކުގެ އަގު، އެކަމަށް ކަނޑައަޅާފައިވާ އަގަށްވުރެ ބޮޑުވާތީއާއި، ބިޑާއި އެކު ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާތީ، އެއިޢުލާން ބާޠިލް ކުރުމަށްފަހު އަލުން އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކުރަމެވެ.
ޕަބްލިކް ހެލްތު ޔުނިޓުގެ މަސައްކަތްތަކަށް ބޭނުންކުރުމަށް އިސްދޫ ސިއްޙީމަރުކަޒުގެ ހަންހާރަ ފެންޑާ މަރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މި މަސައްކަތާއި ގުޅޭ މަޢުލޫމާތު މިއިޢުލާނާއެކު ވާނީ ގެޒެޓްކުރެވިފައެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލަމެވެ.
|
ތަން |
ދުވަސް |
ތާރީޚު |
ގަޑި |
އަންދާސީހިސާބު ހުށަހެޅުން
|
ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ |
ބުދަ |
28 އޯގަސްޓް 2024 |
13:00 |
ވީމާ، މި މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަތީގައިވާ ގޮތުގެ މަތިން ޢަމަލުކުރުމަށް ދަންނަވަމެވެ. ބީލަންތައް ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ގަޑީގައި ހުށަހަޅަން އަންނަ ފަރާތްތަކުގެ ޙާޟިރުގައި މިއިދާރާގައެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ މިއިދާރާގެ 6800709،6800920 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.