ނީލަން
ނަންބަރު: (IUL)381-A/381/2024/04
ޕަބްލިޝްކުރި ތާރީޚް: 20 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 12:37
ސުންގަޑި: 30 އޮގަސްޓް 2024 09:00
ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއިދާރާގައި ހުރި ބައު ތަކެތި ނީލަން ކިޔުން

އިޢުލާން

މިއިދާރާގައި ހުރި ބައު ތަކެތި ނީލަން ކިޔުމާއި ގުޅޭ

             މި އިދާރާގެ ބެލުމުގެ ދަށުގައި ހުރި ބައު ތަކެތި ނީލަންކިޔުން 2024  އޮގަސްޓް 30 ވާ ހުކުރު ދުވަހުގެ ހެނދުނު 9:00 ގައި ދ.ކުޑަހުވަދޫ މަލްޓިޕާރޕޯސް  ހޯލުގައި އޮންނާނެއެވެ. މި ތަކެތި ބަލަން ބޭނުންވާ ފަރާތްތަކުން، 2024 އޮގަސްޓް 29 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 16:00 އަށް ދ.ކުޑަހުވަދޫ މަލްޓިޕާރޕޯސް  ހޯލަށް  ޙާޟިރުވުން އެދެމެވެ.

                        ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން، 2024 އޮގަސްޓް 30 ވާ ހުކުރު ދުވަހުގެ ހެނދުނު 9:00 އަށް ކުޑަހުވަދޫ މަލްޓިޕާރޕޯސް އިމާރާތުގެ ހޯލަށް ޙާޟިރުވެ، ނީލަމުގައި ބައިވެރިވުން އެދެމެވެ.

             ނީލަމުން ނަންގަވާ ތަކެއްޗަށް 2024 އޮގަސްޓް 30 ވަނަ ދުވަހުގެ 16:00ގެ ކުރިން ފައިސާ ދައްކަވަން ވާނެއެވެ.  އޮންލައިންކޮށް ފައިސާ   ދައްކަން   ބޭނުންވާ   ފަރާތްތަކުން   ފައިސާ  ދައްކާނީ  156 000135  7730  ( 1430   ( 01 REVENUE ނަމްބަރު އެކައުންޓަށެވެ. އަދި ފައިސާ ދެއްކުމަށްފަހު ފައިސާދެއްކި ސްލިޕް 9781899 ނަންބަރަށް ވައިބަރ ކުރަންވާނެއެވެ. ނީލަން ކާމިޔާބުކުރި ފަރާތަށް މުދާ ހަވާލުކުރެވޭނީ ދެންނެވިފައިވާ ތާރީޚްގައި ފައިސާދެއްކުމަށް ފަހުގައެވެ. ނީލަން ކާމިޔާބުކުރި ފަރާތުން އެ މުއްދަތުގެ ތެރޭގައި ފައިސާ ދައްކައި ޚަލާޞްކޮށްފައި ނުވާނަމަ، އެ މުދަލެއް އަލުން ނީލަން ކިޔޭނެއެވެ. އަދި ނީލަން ކާމިޔާބު ކުރި ފަރާތްތަކުން  31 އޮގަސްޓް 2024 ވަނަ ދުވަހުގެ 18:00 ގެކުރިން  ތަކެތި ގެންގޮސް ނިންމަވަން ވާނެއެވެ.  ނީލަމުން ނަގާ ތަކެތި ފައިސާ ދެއްކުމަށްފަހު ދެންނެވިފައިވާ މުއްދަތުގެތެރޭގައި ނުގެންގޮސް ހުންނަ ތަކެއްޗާއި މެދު މިއިދާރާއަށް ފެންނަ ގޮތެއްގެމަތީން ޢަމަލު ކުރެވޭނެއެވެ.

                 މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢްލާނުކުރީމެވެ.

16 ޞަފަރު 1446

20 އޮގަސްޓް 2024