ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)10-C/10/2024/71
ޕަބްލިޝްކުރި ތާރީޚް: 20 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 11:08
ސުންގަޑި: 29 އޮގަސްޓް 2024 13:00
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
އިންޓަރނުންގެ ގޮތުގައި ވޮލަންޓިއަރކޮށް މަސައްކަތް ކުރާނެ މީހުން ހޯދުން

(IUL)10-C/10/2024/71 :ނަންބަރު                                                 

އިޢުލާނު

 

ބޭނުން:

އިންޓަރނުންގެ ގޮތުގައި ވޮލަންޓިއަރކޮށް މަސައްކަތް ކުރާނެ މީހުން ހޯދުން

މުއްދަތު:

04 މަސް

މަސައްކަތް ކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ / ކ.މާލެ

މަޤާމުގެ ޝަރުޠުތައް:

  1. ދަށްވެގެން ގްރޭޑް 10 (ދިހައެއް) ނިންމާފައިވުން.
  2. ޢުމުރުން 18 (އަށާރަ) އަހަރު ވެފައިވުން.

އަދާކުރަންޖެހޭ މަސައްކަތް:

މިނިސްޓްރީގެ އިދާރީ މަސައްކަތްތަކުގެ ތެރެއިން ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. އިންޓަރންޝިޕަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  2. އިންޓަރންޝިޕަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ސާފު) ކޮޕީއެއް.
  3. ސްކޫލް ލީވިންގ ސެޓްފިކެޓްގެ ކޮޕީ.
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

އިންޓަރނުން ހޮވުމަށް ބެލޭނެ ކަންތައްތައް:

އިންޓަންޝިޕަށް ޝަރުޠުހަމަވުމުގެ އިތުރުން؛

  • ދިވެހި އަދި އިގިރޭސިބަހުން މުޢާމަލާތްކުރުމުގެ ހުނަރު

އިންޓަރން ޝިޕަށް އެދެންވީގޮތާއި ސުންގަޑި:

ޝަޢުޤުވެރިވާ ފަރާތްތަކުން އިންޓަރންޝިޕަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2024 އޮގަސްޓް 29 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން [email protected] އަށެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ  3031546ނުވަތަ 3031542 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

މި އިޢުލާނާ ގުޅިގެން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް އީ-މެއިލްގެ ޒަރީއާއިން އެންގޭނެއެވެ.

އިންޓަރނުން ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، 2024 ސެޕްޓެންބަރު 05 އާއި 11 އާ ދެމެދު ތާރީޚެއްގައި، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ (ވެލާނާގެ 10 ވަނަ ފަންގިފިލާ) ގައެވެ.

ނޯޓް: މި އިންޓަރންޝިޕް ފުރިހަމަކުރާ ފަރާތްތަކަށް، އެކަމުގެ ލިޔުން ދެވޭނެއެވެ.

                                  16 ޞަފަރު 1446

20 އޮގަސްޓް 2024