މަސައްކަތް
ނަންބަރު: 480/IUL/2024/55
ޕަބްލިޝްކުރި ތާރީޚް: 20 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 09:40
ސުންގަޑި: 29 އޮގަސްޓް 2024 15:00
ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ބާ ކައުންސިލުން އިންތިޒާމުކުރާ ބާ އިމްތިޙާނަށް އިންވިޖިލޭޓަރުން ހޯދުން

ދިވެހިރާއްޖޭގެ ބާ ކައުންސިލުން އިންތިޒާމުކޮށްގެން 12 އޮކްޓޯބަރ 2024 ގައި ބާއްވާ ބާ އިމްތިޙާނަށް އިންވިޖިލޭޓަރުން ހޯދަން ބޭނުންވެއެވެ.

މަޤާމް:

އިންވިޖިލޭޓަރ

ބޭނުންވާ ޢަދަދު:

35 (ތިރީސް ފަހެއް)

ވަޒީފާ އަދާ ކުރަންޖެހޭ ތަން:

ދިވެހިރާއްޖޭގެ ބާ ކައުންސިލް / މާލެ

އެލަވަންސް:

މަސައްކަތްކުރާ ކޮންމެ ސެޝަނަކަށް: -/300 ރުފިޔާ (ތިންސަތޭކަ ރުފިޔާ)

މަޤާމުގެ ޝަރުޠުތައް:

-       ދިވެހި ރައްޔިތެއް ކަމުގައިވުން.

-       އުމުރުން 18 އަހަރު ފުރިފައިވާ މީހަކަށްވުން.

-       އިމްތިޙާނު އޮންނަ ދުވަޙުގެ ހުރިހާ ދަންފަޅިއަކަށް އައުމަށް ދަތިކަމެއް ނެތް މީހަކަށްވުން.

-       އެމީހަކު އިންވިޖިލޭޓު ކުރާ އިމްތިޙާނަށް ދަރިވަރުން ތައްޔާރުކޮށްދޭ ނުވަތަ އެ އިމްތިޙާނުގައި ބައިވެރިވާ ކުދިންނަށް ކިޔަވައިދޭ މީހަކަށް ނުވުން.

-       ޤާނޫނީ ދާއިރާއިން ކިޔަވަމުންދާ ދަރިވަރަކަށް ނުވުން.

-       އިންވިޖިލޭޓުކުރާ، (އެއަހަރުގެ) އިމްތިޙާނުގެ ކެންޑިޑޭޓެއް ކަމުގައި ނުވުން. އަދި

-       ބާ އިމްތިޙާނުގައި ބައިވެރިވާ ކެންޑިޑޭޓެއްގެ މަންމަ، ބައްޕަ، އަނބިމީހާ/ފިރިމީހާ، ދަރިއެއް، އެއްބަނޑު/އެއްބަފާ މީހެއް، ބަލަދުވެރިއެއް ނުވަތަ ބަލަދުވެރިކަމުގެ ދަށުގައިވާ މީހެއް ކަމުގައި ނުވުން.

މަޤާމުގެ މަސްއޫލިއްޔަތުތައް:

އިމްތިޙާނު އޮންނަ ގަޑިތަކުގައި، އިންވިޖިލޭޓަރެއްގެ ހައިޘިއްޔަތުން އިމްތިހާނު ހޯލް ބެލެހެއްޓުމާއި، އަދި މިނޫނަސް މިކަމާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންތައްތައް، މިކައުންސިލުން އަންގާ ގޮތެއްގެ މަތިން ކުރުން.

އެޕްލިކޭޝަން ފޯމް ހުށަހަޅާނެ ގޮތް:

މިކަމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅާނީ އޮންލައިންކޮށެވެ.

އޮންލައިން އެޕްލިކޭޝަން ލިންކް:

https://docs.google.com/forms/d/e/1FAIpQLSe4O0u31GTb2AclvKsCYx-w9bskXcU1qiRIlbAMKJ2KTeGxyA/viewform?usp=pp_url

ހުށަހަޅަންޖެހޭ ތަކެތި:

-       ވަނަވަރު (ގުޅޭނެ ނަންބަރާއި، އީމެއިލް އެޑްރެސް އަދި ވަޒީފާއަދާކޮށްފައިވާ ތަންތަނާއި، އަދާކުރި ވަޒީފާތަކާއެކު ވަޒީފާތައް އަދާކުރި މުއްދަތު ހިމެނޭ ގޮތަށް)

-       ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ސާފުކޮޕީ.

-       ލިބިފައިވާ އެންމެމަތީ ތަޢުލީމް ސެޓްފިކެޓްގެ ކޮޕީ.

-       އިންވިޖިލޭޓުކުރުމުގެ މަސައްކަތުގެ ތަޖުރިބާ ލިޔުންތައް.

އެޕްލިކޭޝަންގެ ސުންގަޑި:

29 އޮގަސްޓް 2024 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 15:00 ގެ ކުރިން.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3333990 އަށެވެ.

20 އޮގަސްޓް 2024