ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)285-A.HR/285/2024/57
ޕަބްލިޝްކުރި ތާރީޚް: 18 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 08:23
ސުންގަޑި: 28 އޮގަސްޓް 2024 14:00
މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތުގައި ބަންގިގޮވައި އިމާމްވެ ނަމާދު ކުރާނެ މުދިމުންނާއި އިމާމުންގެ ދަފުތަރު އެކުލަވާލުމާއި ގުޅޭ

 

 

އިޢުލާން

މިސްކިތުގައި ބަންގިގޮވައި އިމާމްވެ ނަމާދު ކުރާނެ މުދިމުންނާއި އިމާމުންގެ ދަފުތަރު އެކުލަވާލުމާއި ގުޅޭ

      ރަށުގެ މިސްކިތްތަކުގައި ބަންގިގޮވައި އިމާމްވެ ނަމާދު ކުރައްވާ އިމާމުން ޗުއްޓީ ނެންގެވުމާއި ގުޅިގެން މިސްކިތުގައި ބަންގިގޮވައި އިމާމްވެ ނަމާދު ކުރާނެ މުދިމުންނާއި އިމާމުންގެ ދަފުރުތަރުގައި ރެޖިސްޓްރީ ވެފައިވާ ބައެއް ފަރާތްތައް ނިޔާވެފައި ވުމާއި ދަފުތަރުގައި ރެޖިސްޓްރީ ވެފައިވާ ގިނަ ފަރާތްތަކުން މިސްކިތުގައި ބަންގިގޮވައި އިމާމްވެ ނަމާދު ކުރުމަށް އުޒުރުވެރިވާތީ، އަލުން މި ދަފުތަރު އެކުލަވާލުމަށް ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.

      ވީމާ، ވޭޖު އުސޫލުން މިސްކިތުގައި ބަންގިގޮވައި އިމާމުވެ ނަމާދު ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 28 އޮގަސްޓް 2024 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މިކައުންސިލަށް ސިޓީ އަކާއެކު އެކަން ބަޔާންކޮށް ހުށަހެޅުންވުން އެދެމެވެ.

  • އުޖޫރަ: ޕޫލް މުދިމް މަސައްކަތްކުރާ ކޮންމެ ވަގުތަކަށް 53 ރުފިޔާ
  • އުޖޫރަ: ޕޫލް އިމާމް މަސައްކަތްކުރާ ކޮންމެ ވަގުތަކަށް 61 ރުފިޔާ

      މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓައި އިޢުލާން ކުރީމެވެ.

                      16 ޞަފަރަ 1446

                      20 އޮގަސްޓް 2024                              

 

 

                                                            ޙުސައިން އަބޫބަކުރު

                                                         ހެނބަދޫ ކައުންސިލްގެ ރައީސް

 

 

 

 

 

18 އޮގަސްޓް 2024