މަސައްކަތް
ނަންބަރު: MNU-CA-FM/2015/300
ޕަބްލިޝްކުރި ތާރީޚް: 02 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 11:19
ސުންގަޑި: 09 ޖޫން 2015 11:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
މަރާމާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ފެކަލްޓީ އޮފް ހޮސްޕިޓެލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްގައި ކުރަންހުރި މަރާމާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

- ލަކުޑި ޕާޓިޝަން ޖެހުން

- އެލްމެނިއަމް ޕާޓިޝަން ޖެހުން

- ފެންވައިރިންގއާ ގުޅޭ މަސައްކަތް

- ރެޑީމޭޑް ސީލިންގކުރުން

- އެއަރކޮންޑިޝަން ހަރުކުރުން

- ބަދިގެ ހުޑު ހަރުކުރުން

- ރޭނުމުގެ މަސައްކަތް

ވީމާ، މިކަމަށް އެދިލައްވާ ފަރާތްތަކުން 09 ޖޫން 2015 ވާ އަންގާރަ ދުވަހުގެ 11:00 އަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ކަރުދާސް، ކަނޑައެޅިފައިވާ ގަޑީގެ އިތުރުން އަންދާސީހިސާބު ބަލައިގަންނަ ދުވަހުގެ ކުރީދުވަހުގެ 15:00 ވަންދެން ދޫކުރެވޭނެއެވެ. ނަމަވެސް، އަންދާސީހިސާބު ބަލައިގަންނާނީ އިޢުލާނުގައި ކަނޑައެޅިފައިވާ ގަޑީގައި އެކަންޏެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 11 ޖޫން 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގައެވެ.

17 ޝަޢުބާން 1436         

02 ޖޫން 2015