ކުއްޔަށް ދިނުން
ނަންބަރު: (IUL)411-B/411/2024/28
ޕަބްލިޝްކުރި ތާރީޚް: 19 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 14:42
ސުންގަޑި: 25 އޮގަސްޓް 2024 13:00
ހުވަދުއަތޮޅު އުތުރުބުރީ ދެއްވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުވެރިކަމުގެ މަސައްކަތަށް ބިން ކުއްޔަށް ދޫކުރުމާއިބެހޭ

މި އިޢުލާންވަނީ 12 ސެޕްޓެންބަރު 2024 14:02 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާން

 

 

ދަނޑުވެރިކަމުގެ މަސައްކަތަށް ބިން ކުއްޔަށް ދޫކުރުމާއިބެހޭ

 

 

ގއ.ދެއްވަދޫގައި ދަނޑުވެރިކަމުގެ ބާވަތްތައް އުފެއްދުމަށް ބިން ބޭނުންވާ ފަރާތްތަކަށް ވިޔަފާރި އުޞޫލުން ބިން ކުއްޔަށް ދޫކުރުމަށް ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 167 ވަނަ ޢާންމު ޖަލްސާއިން ވަނީ ނިންމާފައެވެ. ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 19 އޮގަސްޓް 2024 ވާ ހޯމަ ދުވަހުން ފެށިގެން 25 އޮގަސްޓް 2024 ވާ އާދީއްތަ ދުވަހުގެ މެންދުރު 13:00 ގެ ނިޔަލަށް [email protected] އަށް ގެޒެޓް ކުރެވިފައިވާ ބީލަމުގައި ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމު  ފުރިހަމަކުރެއްވުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. ބިޑްފޯމު ދޫކުރެވޭނީ ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީކޮށް، ބިޑްފޯމުގެ އަގު ދައްކާ ފަރާތްތަކަށެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 01 ސެޕްޓެމްބަރ 2024ވާ އާދީއްތަ ދުވަހުގެ މެންދުރު 13:00ގައި މިއިދާރާގެ ކޮންފަރެންސް ހޯލްގައެވެ.

މި އިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ، 25 އޮގަސްޓް 2024 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

               މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                        15 ޞަފަރު  1446 

                        19 އޮގަސްޓް 2024

19 އޮގަސްޓް 2024