ނީލަން
ނަންބަރު: (IUL)410-A/410/2024/29
ޕަބްލިޝްކުރި ތާރީޚް: 19 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 14:07
ސުންގަޑި: 30 އޮގަސްޓް 2024 14:00
ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1.5 ޓަނުގެ ނިސާން ބްރޭންޑްގެ ޕިކަޕެއް ނީލަން ކިއުމާއި ބެހޭ

މި ކައުންސިލްގެ ކުނި އުފުލުމުގެ ޚިދުމަތުގައި ބޭނުން ކުރި ތިރީގައި މަޢުލޫމާތު ދެވިފައި މިވާ 1.5 ޓަނުގެ ނިސާން ބްރޭންޑްގެ ޕިކަޕްގެ އިންޖީނަށް މައްސަލަތަކެއް ދިމާވެ ސްޓާރޓް ނުކުރެވި ޕިކަޕް ނުދުއްވިފައި އޮންނާތީ، އެޕިކަޕް ނީލަން ކިއުމަށް ދާންދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 149 ވަނަ ޢާންމު ޖަލްސާއިން ނިންމާފައިވުމާއި ގުޅިގެން މި ޕިކަޕް ނީލަމުން ނެގުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި ނީލަމުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލަމެވެ. މި ޕިކަޕް ނީލަން ކިއުން އޮންނާނީ 30 އޯގަސްޓް 2024 ވާ ހުކުރު ދުވަހުގެ 16:00ގައި ކައުންސިލްގެ އިދާރާގައެވެ. މި ޕިކަޕްގެ ނީލަން ފެށޭ އެންމެ ދަށް އަގަކީ:- 35,000.00ރ(ތިރީސް ފަސްހާސް ރުފިޔާ) އެވެ.

 

1.      ޕިކަޕާއި އަދި އިންޖީނާއި ބެހޭ މަޢުލޫމާތު (އެއްގަމު އުޅަނދުގެ ރަޖިސްޓްރީ އިން ނަގާފައިވާ)

1-     މޮޑެލް ނަންބަރ:                SKG-SZ2F24

2-     ޗެސިސް ނަންބަރ:               SZ2F24-041403          

3-     އިންޖީން / މޯޓަރ އުއްފެއްދި ކުންފުނި:  NISSAN

4-     އިންޖީން / މޯޓަރ ސީރިއަލް ނަންބަރ:  ZD30-322680K

5-     ހަކަތައިގެބާވަތް:                 ޑީސެލް 

6-     އުފުލޭ ބަރުދަން:                1500 ކިލޯ ( 1.5 ޓަން )

 

2.      ޕިކަޕް އިންޖީނު ޑައަގްނޯސްކުރުމުން ދައްކާ އެރޯ ކޯޑްތަކާއި އެކޯޑް ތަކުގެ ތަފްސީލް:

 

3.      ޕިކަޕް އިންޖީނު ޑައަގްނޯސްކުރުމުން ޑައަގްނޯސް ރިޕޯޓުން ދައްކާ، ޕިކަޕުގެ އިންޖީނުގައި ހުރި މައްސަލަތައް:

    1. Fuel filter is out of order. Fuel pump pressure is low and there is a large fuel leak from 4 injectors.
    2. Fuel system needs to be serviced and fuel filter, fuel pump and injectors needs to be replaced.
    3. Turbo system needs to be serviced. Air intake system and sensors needs to be serviced.
    4. Diesel particulate filer needs to be completely removed and EUC needs to be reprogrammed.

 

މި ނީލަން ކާމިޔާބު ކުރާފަރާތުން ޕިކަޕް ގެންދަންވާނީ ނީލަން ނިމުނު އަގު އެއްފަހަރާ މިކައުންސިލްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް ވިލިނގިލީ ބްރާންޗުގައި ހުޅުވާފައިވާ މި އިދާރާގެ ނަންބަރ 001-7000358-7712 އެކައުންޓަށް ޖަމާކުރުމަށްފަހު އެކަން މިކައުންސިލުން ކަށަވަރު ކުރުމަށްފަހު ގައެވެ. އަދި ޕިކަޕް ގެންދާއިރު ޕިކަޕް ނީލަމުން ނަގާ ފަރާތަށް ރަޖިސްޓްރީ ބަދަލުކުރުމަށް ބޭނުންވާ ލިޔެކިއުންތައް ޕިކަޕް ގެންދާ ފަރާތާއި ހަވާލުކުރެވޭނެއެވެ. ޕިކަޕް އޮތްތަނުން ޕިކަޕް ގެންދިއުމަށް ކުރަންޖެހޭ ޚަރަދު ކުރަންވާނީ ޕިކަޕް ނަގާފަރާތުގެ އަމިއްލަ ޚަރަދުގައިއެވެ.

މިހެންވެ މިވާހަކަ ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

19 އޮގަސްޓް 2024