ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)374-D/374/2024/50
ޕަބްލިޝްކުރި ތާރީޚް: 18 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 14:06
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޒޯން ލައިސަންސް ޑިޖިޓަލައިޒް ކުރުމާގުޅޭ

ޤަވާޢިދު ނަންބަރު: 05/2009 ގެ ދަށުން ދޫކުރަމުން ދިޔަ ޒޯން ލައިސެންސް، ޤަވާޢިދު ނަންބަރު R-102/2021 ވުޖޫދުވުމާ ގުޅިގެން މިހާރު އުވިފައިވާ ކަމާއި، މިހާރު ޒޯން ލައިސެންސް، ނަގާފައިވާ ފަރާތްތަކަކުން 2024 އޮގަސްޓް 25 ވަނަ ދުވަހުގެ ކުރިން ޑިޖިޓަލް ލައިސެންސަށް ބަދަލުކުރުމަށް އަންގައިފައިވީ ނަމަވެސް ކުރުމުއްދަތެއްގެ ތެރޭގައި ލައިސެންސް ޑިޖިޓަލް ކުރުމުގައި ރައްޔިތުންގެ ކަންބޮޑުވުންތައް ހުރުމުން، ޤަވާޢިދު ނަންބަރު R-102/2021 ގައި ބަޔާންކުރާ އެއްގަމު ދުއްވާ އުޅަނދު ދުއްވުމުގެ ލައިސެންސް ނެގުމަށްޓަކައި ދެވިފައިވާ މުއްދަތު އިތުރުކުރުމަށް، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިން އަންގަވާފައިވެއެވެ.

               ވީމާ، 2024 މޭ 25 ވަނަ ދުވަހުގެ ނިޔަލަށް ޒޯން ލައިސެންސުގެ ޚިދުމަތަށް އެދިފައިވާ ފަރާތްތަކަށް އެޚިދުމަތް ލިބޭނެ ގޮތް ހަމަޖައްސަވައި، 2025 އޮގަސްޓް 31 ހުގެ ނިޔަލަށް ޒޯން ލައިސެންސް ނަގާފައިވާ ފަރާތްތަކުން ޑިޖިޓަލް ލައިސެންސަށް ބަދަލުކުރުމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާއިން އަންގަވާފައިވާތީ، މިކަން ސަމާލުކަމަށް ގެނައުމުގެ ގޮތުން ދެންނެވީމެވެ. އަދި މި ތާރީޚުގެ ފަހުން ޒޯން ލައިސެންސް ބޭނުންނުކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ.

18 އޮގަސްޓް 2024