ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)301-PJ/301/2024/50
ޕަބްލިޝްކުރި ތާރީޚް: 19 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 14:01
ސުންގަޑި: 28 އޮގަސްޓް 2024 13:30
މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.އަނގޮޅިތީމު ރައްޔިތުންގެ ކަށިކެޔޮފަލާއި ބަނބުކެޔޮފާ ކުއްޔަށް ދިނުން (ދެވަނަ ފަހަރު)

ރ. އަނގޮޅިތީމު ރައްޔިތުންގެ ކަށިކެޔޮފަލާއި ބަނބުކެޔޮފާ ކުއްޔަނަގާނެ ފަރާތެއް ހޯދުމަށް 2024 އޮގަސްޓު 05 ވަނަ ދުވަހު މި އިދާރާގެ އިޢުލާން ނަންބަރު (IUL)301-PJ/301/2024/39 އިޢުލާނަށް އެއްވެސް ފަރާތަކުން އަގު ހުށައަޅާފައިނުވާތީ އެއިޢުލާން ބާތިލްކޮށް، ދެވަނަ ފަހަރަށް އިޢުލާން ކުރަމެވެ.

މި ރަށު ވަލުގައި ހުރި ރައްޔިތުންގެ " ކަށިކެޔޮފަލާއި ބަނބުކެޔޮފާ"  02 އަހަރު ދުވަހަށް ކުއްޔަށް ދޫކުރުމަށް  ފުރުޞަތު ހުޅުވާލަމެވެ. ކަށިކެޔޮފަލާއި ބަނބުކެޔޮފާ ކުއްޔައް ދިނުމަށް ހަމަޖެހިފައިވަނީ މި ކަމަށް އެދި އަގު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ އަގެއް ހުށަހަޅާ ފަރާތަކަށެވެ. މި ކަމާއި ބެހޭގޮތުން  މަޢްލޫމާތު ސާފު ކުރުމަށް ބޭނުންވާ ބޭފުޅުން މި އިޢުލާނުގައިވާ "އަގު ހުށަހަޅާ މުއްދަތު" ކަމަށް ބަޔާންވެފައިވާ ގަޑީގެ ކުރިން ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 09:00 ން 13:30 ދެމެދުގައިވާ ވަގުތެއްގައި މި އިދާރާއަށް ވަޑައިގެން ނުވަތަ މިއިދާރާގެ ނަންބަރު 9606580071+ އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު، ތިރީގައި ދެންނެވިފައިވާ ގަޑިއަށް މި އިދާރާއަށް އަގު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

އަގު ހުށަހަޅުއްވަން ވަޑައިގަންނަވާ ބޭފުޅުންގެ އައިޑީކާޑު ގެންނަންވާނެއެވެ. މީގެ ތެރެއިން އަގު ހުށަހަޅާނީ ތިރީގައިވާ ތާވަލްގައިވާ ގޮތަށް ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ބޭފުޅާގެ ނަމާއި  އެޑްރެސް އަދި "ރ.އަނގޮޅިތީމު ރައްޔިތުންގެ ކަށިކެޔޮފަލާއި ބަނބުކެޔޮފާ" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަގު ހުށަހަޅާ ލިޔުމާއެކު އައިޑީކާޑުގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ. ބަދަލުގައި ބޭފުޅަކު ހާޒިރުވާނަމަ ބަދަލުގައި ފޮނުވާ ފަރާތުގެ ސިޓީއެއް ގެންނަން ވާނެއެވެ.

ހުށަހަޅަން ޖެހޭ ތާރީޚް / ގަޑި

ނަން

#

28 އޮގަސްޓު 2024 / 13:30

އަނގޮޅިތީމު ރައްޔިތުންގެ ކަށިކެޔޮފަލާއި ބަނބުކެޔޮފާ

1

19 އޮގަސްޓް 2024