ނީލަން
ނަންބަރު: FNK-I/IUL/2024/331
ޕަބްލިޝްކުރި ތާރީޚް: 19 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 13:38
ސުންގަޑި: 22 އޮގަސްޓް 2024 10:00
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ނީލަން ކިޔުމާއި ގުޅޭ

އިއުލާން ނަންބަރ: FNK-I/IUL/2024/331

 

ނީލަން ކިޔުމާއި ގުޅޭ

 

މިކުންފުނީގެ މި ދަންނަވާ ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުން ވެއެވެ.

  • ބައުވެ/ބޭނުންނުކުރާ އައި.ސީ.ޓީ އިކުއިޕްމެންޓްސް

މި ތަކެތީގެ ނީލަން ފެށޭ އަގަކީ 4000.00 (ހަތަރުހާސް ރުފިޔާ) ރުފިޔާ އެވެ. މިތަކެތީގެ ނީލަމަށް އިތުރު ކުރެވޭނީ މަދުވެގެން 200.00 (ދުއިސައްތަ ރުފިޔާ/-) ރުފިޔާ އެވެ.

ވީމާ، މި ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 21 އޮގަސްޓް 2024 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އަށް މިކުންފުންޏަށް ވަޑައިގެން މިތަކެތި ބެއްލެވުމަށް ފަހު، 22 އޮގަސްޓް 2024 ވާ ބުރާސްފަތި ދުވަހުގެ ހެދުނު 10:00 އަށް މިކުންފުންޏަށް ވަޑައިގެން އަގު ހުށައެޅުއްވުން އެދެމެވެ. އަދި މި ތަކެތީގެ ނީލަން ނިމޭތާ ރަސްމީ 03 ދުވަހުގެ ތެރޭގައި ނީލަން ކާމިޔާބު ކުރެއްވި ފަރާތުން، ފައިސާ ދެއްކެވުމަށް ފަހު ތަކެތި ގެންދަވަން ވާނެއެވެ. މި މުއްދަތުގައި ތަކެތި ނުގެންދަވައިފި ނަމަ ނީލަން ބާޠިލްކޮށް އެ ތަކެތި އަލުން ނީލަމަށް ލެވޭނެ ކަމަށާއި، ދެވަނަ ފަހަރަށް ކިޔާ ނީލަމުގައި، ނީލަމުން ތަކެތި    ނެންގެވުމަށް ފަހު ނުގެންދެވި ފަރާތަށް ބައިވެރި ނުވެވޭނެ ކަމުގައި ދެންނެވީމެވެ.

އަދި މި އިއުލާނާއެކު ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ ލިސްޓް އާންމުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ހޯދުމަށް ގުޅުއްވާނެ ފޯން ނަންބަރު:  7393388 އަށް ގުޅުވުން  އެދެމެވެ. 

 

19 އޮގަސްޓް 2024