ޢާންމު މަޢުލޫމާތު
ނަންބަރު: (PR)239-CAS/239/2024/9
ޕަބްލިޝްކުރި ތާރީޚް: 19 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 13:19
ސުންގަޑި: 31 ޑިސެންބަރު 2024 02:00
ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2024 ޖުލައި މަހު ރައްޔިތުންނާއި ބައްދަލުކޮށް ހުށަހަޅުއްވާފައިވާ ކައުންސިލްތައް

ޤާނޫނު ނަމްބަރ: 2010/7 (ދިވެހިރާއްޖޭގެ އިދާރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 102 ވަނަ މާއްދާގެ (ހ) ގައިވާގޮތުގެމަތިން، ރައްޔިތުންނަށް ޢާއްމުކޮށް ހުޅުވާލާފައިވާ ބައްދަލުވުމެއް ކޮންމެ އަހަރަކު ޖުލައި މަހު ސިޓީ ކައުންސިލުންނާއި ރަށްރަށުގެ ކައުންސިލްތަކުން ބާއްވަން ޖެހެއެވެ.

ދިވެހިރާއްޖޭގެ އިދާރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް 2024 ވަނަ އަހަރު ޖުލައި މަހު ރައްޔިތުންނަށް ޢާއްމުކޮށް ހުޅުވާލާފައިވާ ބައްދަލުވުމެއް ބާއްވާ، މި ކައުންސިލަށް ޙިއްސާކޮށްފައިވާ މި އިދާރީ ދާއިރާގެ 11 ރަށު ކައުންސިލްގެ މަޢުލޫމާތު ތިރީގައި މިވަނީއެވެ.

1-     ބުރުނީ ކައުންސިލްގެ އިދާރާ

2-     ދިޔަމިގިލި ކައުންސިލްގެ އިދާރާ

3-     މަޑިފުށީ ކައުންސިލްގެ އިދާރާ

4-     ގުރައިދޫ ކައުންސިލްގެ އިދާރާ

5-     ކަނޑޫދޫ ކައުންސިލްގެ އިދާރާ

6-     ވަންދޫ ކައުންސިލްގެ އިދާރާ

7-     ހިރިލަންދޫ ކައުންސިލްގެ އިދާރާ

8-     ތިމަރަފުށި ކައުންސިލްގެ އިދާރާ

9-     ވޭމަންޑޫ ކައުންސިލްގެ އިދާރާ

10-  ކިނބިދޫ ކައުންސިލްގެ އިދާރާ

11-  އޮމަދޫ ކައުންސިލްގެ އިދާރާ

ދެންނެވުނު ކައުންސިލުން، އެ ކައުންސިލްތަކުގެ ޤާނޫނީ ޒިންމާ އަދާކޮށްފައިވާތީ، ކައުންސިލްގެ މަސައްކަތް ފާހަގަކޮށް، އަތޮޅުކައުންސިލްގެ ފަރާތުން މަރުޙަބާ ދަންނަވަމެވެ.

19 ޖުލައި 2024

 

  

19 އޮގަސްޓް 2024