މަސައްކަތް
ނަންބަރު: (IUL)318-PRO/318/2024/52
ޕަބްލިޝްކުރި ތާރީޚް: 19 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 10:26
ސުންގަޑި: 25 އޮގަސްޓް 2024 13:00
މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގު ބައްތި އިތުރުކުރުމާއި ބައެއް މަގުބައްތި ނެގުމުގެ މަސައްކަތަށް ކޯޓޭޝަން ހޯދަން ބޭނުންވެއްޖެ

ބ. ދަރަވަންދޫ މަގުތަކަށް މަގުބައްތި އިތުރުކުރުމާއި ބައެއް މަގުބައްތި ނެގުމުގެ މަސައްކަތަށް ކޯޓޭޝަން ހޯދުމަށް ބޭނުންވެއެވެ.

ކުރަން ޖެހޭ މަސައްކަތް:

-          170 މީޓަރު ކޯރު ކޮނުމާއި ކޭބަލްއަޅައި ދިނުން.

-          10 ބައްތިދަނޑި ޖެހުމަށް ބޭނުންވާ ބުޑުތައް އަޅައި ދަނޑި ހަރުކޮށްދިނުން.

-          05 ބައްތި ދަނޑި ބުޑާއެކު ހުރިތަނުން ނެގުން އަދި ބުޑުތައް އުކާލުން.

-          03 ބައްތި ދަނޑި ބުޑު ނަގައި އުކާލުން.

-          ބައްތި ދަނޑިތައް ކޮޅަށްޖަހައި، އިލެކްޓްރިކް ނެޓްވޯކް ކަނެކްޝަން ހަދައިދިނުން.

-          ބައްތި ދަނޑިތަކުގައި ލައިޓް ހަރުކޮށް ގުޅައިދިނުން.

ކުރަންޖެހޭ މަސައްކަތްތަކުގެ ތަފްޞީލް:

  • ބުޑުތައް އަޅާނީ މި އިދާރާއިން ބައްތި ދަނޑި ޖެހުމަށްޓަކައި މަގުތަކުގައި ޖަހާފައިވާ ފާހަގަތަކަށް ބަލައި މި އިދާރާގެ ލަފާގެމަތީންނެވެ.
  • މަގުތަކުގެ ބައްތި ދަނޑިތަކުގެ ބުޑު އަޅާނީ ދަނޑި އާއެކު 1 ފޫޓް X 1 ފޫޓް X ½ 2 ފޫޓުގެ މާސް ކޮންކްރީޓުންނެވެ.
  • ބައްތި ދަނޑިތަކުގެ ބުޑު ކޮންކުރީޓްއަށް ލެވޭވަރަށް 10 އިންޗި ދިގު 10 އެމް އެމްގެ އެނބުރި ދަނގަޑު ހޮޅީގެ ހުރަހަށް ވެލްޑްކޮށް އެބައިގައި ތާރު ލާންވާނެއެވެ.
  • ހޮޅިދަނޑި ޖެހުމުގެ ކުރިން ދަނޑީގައި އެލްމިނިއަމް ދަވާދު ލާންވާނެއެވެ.
  • ކޯރު ކޮނެ ނަރު ލުމަށްފަހު ކޯރަށް ފަސްއެޅުމުގެ ކުރިން ވޯނިންގ ޓޭޕް އަޅަން ޖެހޭނެއެވެ.
  • ސަޕްލައި ދަތުރުކުރާ ކޯރަށް ފަސްއަޅާއިރު ވެލީގެ އިތުރުން ކޯރު ކޮނުނުއިރު، ނެގިފައިވާ ގައު ކޮނެފައިވާ ކޯރަށް އަޅައިގެން ނުވާނެއެވެ.
  • ހުރިހާ ކޮންކްރީޓެއް ގަށަންވާނީ 1 ސިމެންތި : 2 ވެލި : 3 ހިލަ (1:2:3) ގެ ރޭޝިއޯއިންނެވެ. ކޮންކްރީޓް ގަށާއިރު ބަރާބަރަށް މިންގަނޑު ބަލަންވާނެއެވެ.
  • ބައްތި ދަނޑި ޖެހުމަށް ކޮންނަންޖެހޭ ކޯރުގެ ފުންމިނުގައި 2.5 ފޫޓް ހުންނަންވާނެއެވެ.
  • ބައްތި ދަނޑީގެ ފައުންޑޭޝަން އެޅުމަށް ވަޅުކޮނުމަށްފަހު ނަގާވެލިތައް ފަތުރައި އެއްވަރުކޮށްދޭން ވާނެއެވެ.
  • މަސައްކަތް ކުރުމަށްޓަކައި ނަގަންޖެހޭ އެއްވެސް ހުއްދައެއް ވާނަމަ އެހުއްދައެއް ނެގުމަކީ މަސައްކަތާ ހަވާލުވާ ފަރާތުގެ ޒިންމާއެކެވެ. އަދި މަގު ކޮނުމުގެ މަސައްކަތުގެ ތެރެއިން ވަޅުލާފައިވާ އެއްވެސް ކޭބަލް އަކަށް ގެއްލުމެއް ލިބިއްޖެނަމަ އެކަމުގެ ޒިންމާވެސް ނަގަންޖެހޭނީ މަސައްކަތާ ހަވާލުވާ ފަރާތުންނެވެ.
  • މަސައްކަތް ނިންމާ ހަވާލުކުރުމުގެ ކުރިން ސައިޓް ސާފުކޮށް ދޭންވާނެއެވެ.

މަސައްކަތް ކުރުމަށް ދެވޭ މައިގަނޑު ތަކެތީގެ ލިސްޓް

-          މަގު ބައްތި ދަނޑި

-          މަގު ބައްތި

-          ކޭބަލް

-          ވޯނިންގ ޓޭޕް

ނޯޓް: މީގެ އިތުރުން މަސައްކަތަށް ބޭނުންވާ ތަކެތި ހޯދުމަކީ މަސައްކަތް ކުރާ ފަރާތުގެ ޒިންމާއެކެވެ.

ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަސައްކަތް ކޮށްދެއްވާނެ އަގާއި މުއްދަތު ބަޔާންކޮށް 2024 އޮގަސްޓް 25  ވާ އާދީއްތަ ދުވަހުގެ 13:00 އަށް ކޯޓޭޝަން ހިއްޕަވައިގެން މިއިދާރާއަށް ވަޑައިގެން ދެއްވުން އެދެމެވެ.

ކޯޓޭޝަން އާއި އެކު ތިރީގައިވާ ލިޔެކިޔުންތައް ހުށައަޅަންވާނެއެވެ.

-          ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ނުވަތަ ކުންފުނީގެ ރަޖިސްޓްރީ ކޮޕީ

-           އަމިއްލަ ފަރުދެއްނަމަ، ވިޔަފާރި ރަޖިސްޓްރީގެ އިތުރުން އައިޑީކާޑުގެ ސާފު ކޮޕީއެއް.

ކޯޓޭޝަން ހުށައެޅުއްވޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2014/18) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. 

މަސައްކަތްކޮށް ދޭނެ ފަރާތެއް ކަނޑައަޅާނެގޮތް:   ހުށަހަޅުއްވާ އަގަށް: %80             ތަޖުރިބާއަށް: %20

 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަންބަރު 6602514 ފޯނާއި ގުޅުއްވުން އެދެމެވެ.

19 އޮގަސްޓް 2024