ކުއްޔަށް ދިނުން
ނަންބަރު: (IUL)305/305/2024/80
ޕަބްލިޝްކުރި ތާރީޚް: 18 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 10:13
ސުންގަޑި: 26 އޮގަސްޓް 2024 13:00
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލްގެ ރުއްތައް ވަރުވާއަށް ދޫކުރުމާއި ގުޅޭ (4 ވަނަ ފަހަރު)

މި އިޢުލާންވަނީ 20 އޮގަސްޓް 2024 09:43 ގައި ބާތިލް ކުރެވިފައެވެ.


މިއިދާރާގެ ނަންބަރު:  (IUL)305-ME305/305/2024/43 (12 މެއި 2024)  އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަގު ހުށަހަޅާފައި ނުވާތީ، އެޢިއުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރީމެވެ.

މިކައުންސިލްގެ ބެލުމުގެ ދަށުގައި، ރަށުގެ އެކި ސަރަޙައްދުތަކުގައި ހުރި ރުއްތައް (228) ރުއް 2 އަހަރު ދުވަހުގެ މުއްދަތަށް ވަރުވާއަށް ދޫކުރުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 26 އޮގަސްޓް 2024 ވާ ހޯމަ ދުވަހުގެ 13:00 އަށް އަގު (ކޯޓޭޝަން) ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅާ ފޯމް މިއިދާރާގެ ކައުންޓަރުންނާއި ދިވެހި ސަރުކާރުގެ ގެޒެޓްގައި ލިބެން ހުންނާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް މިއިދާރާއަށް ސިޓީ ހުށަހަޅަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެއެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ރަސްމީ ގަޑީގައި މިއިދާރާގެ ނަންބަރު 4009830 ފޯނާއި ގުޅުއްވުން އެދެމެވެ.

  • ރުއްތައް ވަރުވާއަށް ހިފުމަށް ހުށަހެޅޭނެ އެންމެ ދަށް އަގަކީ އަހަރަކަށް -/2500 (ދެހާސް ފަސްސަތޭކަ ރުފިޔާ) އެވެ.

 

ހުށަހަޅުއްވައި ބިޑްގައި ތިރީގައިވާ ކަންކަން ހިމަނަންވާނެއެވެ.

  1. ރުއްތައް ކުއްޔަށް ހިފުމަށް ހުށަހަޅާ ވަރުވާގެ އަގު (އަހަރުދުވަހަށް)
  2. ރުއްތައް ދިރުވާ އާލާކުރުމަށް ކުރާނެ މަސައްކަތުގެ ތަފްޞީލް
  3. ރުއްތަކުން ލިބޭ ތަކެތި ބޭނުންކުރުމުގައި ރަށުގެ ރައްޔިތުންނަށް އިސްކަންދޭ މިންވަރާއި ކުރާނެ ފައިދާ

ހުށަހަޅާ ހުށަހެޅުންތަކަށް މާކްސް ދެވޭނީ ތިރީގައިވާ ގޮތުގެ މަތިންނެވެ.

  1. ހުށަހަޅާ އެންމެ ބޮޑު ކުލި (އަހަރުދުވަހަށް) %80
  2. ރުއްތައް ދިރުވާ އާލާކުރުމަށް ހުށަހަޅާ ހުށަހެޅުން
  3. ރުއްތަކުން ލިބޭ ތަކެތި ބޭނުން ކުރުމުގައި ރަށުގެ ރައްޔިތުންނަށް އިސްކަންދޭ މިންވަރަށް

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

18 އޮގަސްޓް 2024