ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)426-2A/426/2024/336
ޕަބްލިޝްކުރި ތާރީޚް: 19 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 09:42
ސުންގަޑި: 25 އޮގަސްޓް 2024 14:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - ހިތަދޫ އެޅެދީދީމަގާއި ހީނާމަގު ގުޅުނު ހިސާބުން މެދެއާރިމަގުގެ ދެކުނަށްއޮތް ސަރަޙައްދުގައި ހައްދާފައިވާ އަލަގަސްތައް ނެގުމާގުޅޭ

އިޢުލާން

ހިތަދޫ އެޅެދީދީމަގާއި ހީނާމަގު ގުޅުނު ހިސާބުން މެދެއާރިމަގުގެ ދެކުނަށްއޮތް ސަރަޙައްދުގައި ހައްދާފައިވާ އަލަގަސްތައް ނެގުމާގުޅޭ

           ހިތަދޫ އެޅެދީދީމަގާއި ހީނާމަގު ގުޅުނު ހިސާބުން މެދެއާރިމަގުގެ ދެކުނަށް އޮތް ސަރަޙައްދަކީ އަލަށް ގޯތިދޫކުރެވިފައިވާ ސަރަޙައްދުކަމަށް ވެފައި އެސަރަޙައްދުގެ މަގުތައްހަދައި ގޯތިތައް ޙަވާލުކުރުމުގެ މަސައްކަތް ވަނީ ފެށިފައެވެ. އެހެންކަމުން އެސަރަޙައްދުގައި އެއްވެސް ފަރާތަކުން އަލަގަސް ހައްދާފައި ވާނަމަ 19 އޮގަސްޓް 2024އިން ފެށިގެން 07 (ހަތެއް) ދުވަހުގެ ތެރޭގައި އަލަގަސްތައް ނެގުމަށް ދެންނެވީމެވެ.

            އަދި ދެންނެވުނު މުއްދަތު ހަމަވުމަށްފަހު ގޯތި ޙަވާލުކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާއިރު ނުނަގާ ހުރި އަލަގަސްތަކަށް ލިބޭގެއްލުމުގެ ޒިންމާ ހިތަދޫ އަވަށުއޮފީހުން ނުނަގާނެވާހަކަ އާންމުކޮށް އެންގުމަށްޓަކާ އިއުލާން ކުރީމެވެ.

 

15 ޞަފަރު 1446

19 އޮގަސްޓް 2024

19 އޮގަސްޓް 2024