ބީލަން
ނަންބަރު: (IUL)278/278/2024/30
ޕަބްލިޝްކުރި ތާރީޚް: 18 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 15:36
ސުންގަޑި: 25 އޮގަސްޓް 2024 11:30
މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއިދާރާގެ ޕިކަޕް ދުއްވުމުގެ ޚިދުމަތްދޭނެ ފަރާތެއް ހޯދުން (2 ވަނަ ފަހަރު)

މިއިދާރާގެ ޕިކަޕް ދުއްވުމުގެ ޚިދުމަތްދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިން ކުރި ނަންބަރު 278/278/2024/23(IUL)  އިޢުލާން ބާޠިލްކޮށް މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ. މި މަސައްކަތުގެ މުއްދަތަކީ މީލާދީ 6 މަސްދުވަހެވެ.  މިކަމަށް އެދި ކުރިމަތިލާ ފަރާތްތަކަކީ C1 ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް ފަރާތަކަށް ވާންޖެހޭނެއެވެ. މި މަސައްކަތާއިބެހޭ އިތުރު މަޢުލޫމާތާއި އަދި ބީލަން ފޯމު މިއިޢުލާނާއި އެކު އާންމު ކުރެވިފައިވާނެއެވެ.

އެހެންކަމުން މަތީގައި ދެންނެވުނު ޚިދުމަތްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބީލަން ފޯމު ފުރިހަމަކޮށް، ބީލަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެއްޗާއެކު 25 އޯގަސްޓު 2024 އާދީއްތަ ދުވަހުގެ 11:30 އަށް މިއިދާރާއަށް ބީލަން ފޯމު ހުށަހެޅުމަށް ދަންނަވަމެވެ. 

ވީމާ، މިކަން ޢާއްމުކޮށް އަންގައި އިޢުލާން ކުރަމެވެ.

18 އޮގަސްޓް 2024