ބީލަން
ނަންބަރު: (IUL)22-PU/22/2024/329
ޕަބްލިޝްކުރި ތާރީޚް: 18 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 14:40
ސުންގަޑި: 24 އޮގަސްޓް 2024 23:59
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
12 ކޮމްޕިއުޓަރ ސިސްޓަމް ހޯދުން

ކޮމްޕިއުޓަރ ސިސްޓަމް ހޯދުން

1. ބ. އަތޮޅު ތަޢުލީމީ މަރުކަޒަށް 12 ކޮމްޕިއުޓަރ ސިސްޓަމް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މިތަކެތި ފޯރުކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތު ފުރިހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

2. މި ބީލަމަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް އަދި ބޭނުންވާ ތަކެތީގެ ސްޕެސިފިކޭޝަން ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

3. މި ބީލަމުގައި ރަޖިސްޓްރީ ކުރުމަށް 2024 އޮގަސްޓު 18 ން 2024 އޮގަސްޓު 24 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

"ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު:forms.moe.gov.mv

4. މިޕްރޮކިއުމަންޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2024 އޮގަސްޓު 26 ވަނަ ދުވަހުގެ ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.

5. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2024 އޮގަސްޓު 29 ވަނަ ދުވަހުގެ 11:30 ގައިމިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ 09 ވަނަ ފަންގިފިލާގެ މީޓިންގ ރޫމް 3 ގައެވެ.

6. މިބީލަމާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.

7. މިބީލަމާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ސެކްޝަން

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ވެލާނާގެ، 9 ވަނަ ފަންގިފިލާ

އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ.                                          

ފޯން: 3341436 / 3341460

އީ-މެއިލް: [email protected]

18 އޮގަސްޓް 2024