ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)195-A-HR/195/2024/27
ޕަބްލިޝްކުރި ތާރީޚް: 18 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 14:17
ސުންގަޑި: 27 އޮގަސްޓް 2024 13:00
ޖުޑިޝަލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ކޮމިޝަނުގެ ތަޙްޤީޤު ކޮމިޓީތަކުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު

ކޮމިޝަނުގެ ތަޙްޤީޤު ކޮމިޓީތަކުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                               

ނަންބަރު: (IUL)195-A-HR/195/2024/27

ތާރީޚް: 18 އޯގަސްޓް 2024

މި ކޮމިޝަނުގެ ތަޙްޤީޤު ކޮމިޓީތަކުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ބޭނުންވާ އަދަދު

 02 (ދޭއް)

އެލަވަންސް

-  ކޮމިޓީގެ ސިޓިންގއަކަށް  -/500 (ފަސް ސަތޭކަ) ރުފިޔާ ކޮމިޓީގެ ސިޓިންގ ދޮޅުގަޑިއިރަށްވުރެ އިތުރުނަމަވަގުތަށް އިތުރު -/500 (ފަސް ސަތޭކަ) ރުފިޔާ. އަދި ސިޓިންގ އަކަށް އެންމެ ގިނަވެގެންދެވޭނީ -/1000 (އެއްހާސް) ރުފިޔާއެވެ.

-  ކޮމިޓީ ބައްދަލުވުންތަކުގެ ބޭރުން ދިރާސާކުރުމުމަށްޓަކައި ހޭދަވާ ކޮންމެ ގަޑިއިރަކަށް 100/- (ސަތޭކަ) ރުފިޔާ. (ކޮންމެ މައްސަލައަކަށް ދިރާސާކުރުމުގެ ވަގުތު 10 ގަޑިއިރަށްވުރެ އިތުރުނުވާ ގޮތަށް)

 

މެންބަރުކަމަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުޠު

  1. މުސްލިމަކު ކަމުގައިވުން؛
  2. ދިވެހި ރައްޔިތަކު ކަމުގައިވުން؛
  3. ޢުމުރުން 35 (ތިރީސް ފަހެއް) އަހަރު ފުރިފައިވުން؛
  4. އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ޚިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛
  5. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބުކުރެވޭ  ނުވަތަ ޢައްޔަންކުރެވޭ ސިޔާސީ މަޤާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން؛
  6. ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ނުވުން؛
  7. ބުއްދިހަމައަށް ހުރި މީހަކު ކަމުގައިވުން؛

 

އިސްކަންދެވޭނެ ގޮތް

ކޮމިޓީތަކުގެ މެންބަރުކަމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން، ކުރީގައި ފަނޑިޔާރުކަން ކޮށްފައިވާ ފަރާތްތަކާއި، ޤާނޫނީ ވަކީލުންނާއި، ތަޙްޤީޤު އިދާރާއެއްގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ކޮމިޓީގެ މެނބަރުކަމުގެ މުއްތަދުގައި ކުރުން މަނާކަންކަން

ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލާ ފަރާތަކީ ޤާނޫނީ ވަކީލެއްނަމަ، ކޮމިޓީގައި މަސައްކަތްކުރައްވާ މުއްދަތުގެ ތެރޭގައި އެ މައްސަލަ ރައްދުވާ ފަނޑިޔާރު މަސައްކަތްކުރައްވާ ކޯޓުގައި ވަކާލާތު ކުރެއްވުމަކީ މަނާކަމެއްކަމަށްވެސް މި ކޮމިޝަނުން ވަނީ ކަނޑައަޅުއްވާފައެވެ.

ހުށަހަޅަންޖެހޭ ތަކެތި

މެންބަރުކަމަށް ކުރިމަތިލާ ފަރާތްތަކުން އަންނަނިވި ލިޔުންތައް ހުށަހަޅަންވާނެއެވެ.

  1. ވަނަވަރު 
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  3. ޕާސްޕޯޓް ސައިޒުގެ 1 ފޮޓޯ.
  4. ކޮމިޓީތަކުގެ މެމްބަރުކަމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ކުށުގެ ރެކޯޑް ނެތްކަމުގެ އިގްރާރު.
  5. ކުރީގައި ފަނޑިޔާރުކަން ކޮށްފައިވާ ފަރާތެއްނަމަ، ފަނޑިޔާރުކަން ކޮށްފައިވާކަމާއި ފަނޑިޔާރުކަން ކުރި މުއްދަތު އެނގޭނޭ ލިޔުން.
  6. ޤާނޫނީ ވަކީލެއްނަމަ، ޝަރުޢީ ކޯޓުތަކުގައި ވަކާލާތުކުރުމުގެ ހުއްދައިގެ ކޮޕީ އާއެކު ޤާނޫނީ ވަކީލެއްގެ ގޮތުގައި  ކޯޓުތަކުގައި ވަކާލާތުކޮށްފައިވާކަން ނުވަތަ ކުރަމުންދާކަން އެނގޭނެ  ކޯޓުގެ ރަސްމީ ލިޔުމެއް (މި ލިޔުމުގައި އެ ކޯޓެއްގައި އެމީހަކު ޕްރެކްޓިސް ކޮށްފައިވާ މުއްދަތު އެނގެން އޮންނަންވާނެއެވެ.)
  7. ކުރީގައި ތަޙްޤީޤު އިދާރާއެއްގައި މަސައްކަތްކޮށްފައިވާ ފަރާތެއްނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި އެ ވަޒީފާގައި ކުރި މަސައްކަތް އެނގޭ ގޮތަށް އެ އިދާރާއަކުން ދީފައިވާ ލިޔުން.
  8. ފުރިހަމަކޮށްފައިވާ ކުށުގެ ރެކޯޑް ފޯމް.
  9. ކޮމިޓީތަކުގެ މެންބަރުކަމަށް ކުރިމަތިލާ ފަރާތަކީ ސިޔާސީ ޕާޓީއެއްގެ މެންބަރެއް ނޫންކަން އެނގޭނޭ، އިލެކްޝަންސް ކޮމިޝަންގެ ލިޔުން.

 

މެންބަރުކަމަށް އެދި ހުށަހެޅުން

މެންބަރުކަމަށް އެދި ހުށަހަޅާނީ ފަހިރެސް ޕޯޓަލް މެދުވެރި ކޮށެވެ. ފަހިރެސް ޕޯޓަލްގެ ލިންކް ތިރީގައިއެވަނީއެވެ.

https://apply.jsc.gov.mv

 

ސުންގަޑި

މެންބަރުކަމަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 2024 އޯގަސްޓް 27 ވާ އަންގާރަ ދުވަހުގެ 13:00 އާ ހަމައަށެވެ.

އިތުރު މަޢުލޫމާތު

1. މި އިޢުލާނުގައި ހުށަހަޅަންޖެހޭކަމަށް ބަޔާންކޮށްފައިވާ ތަކެތި ބަޔާންކޮށްފައިވާ ގޮތަށް ހުށަހަޅާފައި ނުވާނަމަ އެ އެޕްލިކޭޝަނެއް ބާތިލްވާނެއެވެ.

2. ފަހިރެސް ޕޯޓަލް މެދުވެރިކޮށް ސުންގަޑި ހަމަވުމުގެ ކުރިން ހުށަހަޅާ ކޮންމެ އެޕްލިކޭޝަނަކަށް އީމެއިލް  މެދުވެރިކޮށް ރިފަރެންސް ނަންބަރެއް ލިބޭނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3303501 އެވެ. 

18 އޮގަސްޓް 2024