ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)297-MSIM/297/2024/73
ޕަބްލިޝްކުރި ތާރީޚް: 18 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 13:41
ސުންގަޑި: 31 ޑިސެންބަރު 2024 14:00
މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކާއި ، އެކިބޭނުންތަކަށް ދޫކޮށްފައިވާ ބިންތައް ނޮޅާސާފުކުރުން

                     ރަށުގައި މީހުންދިރިއުޅުމަށްދޫކޮށްފައިވާ ބައެއްގޯތިތަކާއި، އެކިބޭނުންތަކަށް ދޫކޮށްފައިވާ ބައެއްބިންތައް ދާއިމީކޮށް ނޮޅާސާފުކޮށް ބަލަހައްޓަމުންނުދާތީ އެސަރަޙައްދުތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށް އެކަމުގެސަބަބުން ދަތިތަކެއް ކުރިމަތިވެ މަދިރިއާލާވަމުންދާތީ އެކަމުގެޝަކުވާ ތަކުރާރުކޮށް މިއިދާރާއަށް ދަނީ ލިބެމުންނެވެ. ރަށުތެރެސާފުތާހިރުކޮށް ބޭއްވުމުގެގޮތުން އެކިފަހަރުމަތިން އެކިގޮތްގޮތަށް އެފަރާތްތަކަށް އެތަންތަން ދާއިމީކޮށް ނޮޅާސާފުކޮށް ބެލެހެއްޓުމަށް އެންގުމުންވެސް ބައެއްގޯތިތަކާއި، ބައެއްބިންތައް ނޮޅައި ސާފުކޮށް ބަލަހައްޓަމުންނުދާތީ 2025 ޖެނުއަރީ މަހުންފެށިގެން ކޮންމެ 6 މަހުން 1 ފަހަރު ނޮޅައި ސާފުކޮށް ބަލަހައްޓަމުން ނުދާގޯތިތަކާއި، ބިންތަކުގެ ވެރިފަރާތްތައް އާންމުކޮށް އިޢުލާންކުރުމަށްވަނީ ހަމަޖެހިފައެވެ.

                     މިހެންވެމިކަން ޢާންމުކޮށް އިޢުލާންކުރީމެވެ.

18 އޮގަސްޓް 2024