ކުއްޔަށް ދިނުން
ނަންބަރު: (IUL)335-AS/335/2024/132
ޕަބްލިޝްކުރި ތާރީޚް: 18 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 13:31
ސުންގަޑި: 03 ސެޕްޓެންބަރު 2024 12:30
މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެކިއެކި ލުއި މަސައްކަތްތަކަށާއި ވިޔަފާރިކުރުމަށް ބިން ކުއްޔަށް ދޫކުރުން

އިޢުލާން

އެކިއެކި ލުއި މަސައްކަތްތަކަށާއި ވިޔަފާރިކުރުމަށް ބިން ކުއްޔަށް ދޫކުރުން 

           އެކިއެކި ލުއި މަސައްކަތްތަކަށާއި ވިޔަފާރިތަކަށް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ ޗާޓްގައިވާ ސަރަހައްދުން  19375 (ނަވާރަހާސް ތިންސަތޭކަ ހަތްދިހަ ފަހެއް ) އަކަފޫޓުގެ ބިން 25 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ހުޅުވާލައިފީމެވެ.

           މިބިން ހިފުމަށް ބިޑް ފޯމް ބައްލަވައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކަށް،  ތިރީގައިވާގޮތުގެމަތިން ބިޑު ގަނެ ހުށަހެޅުއްވުން އެދެމެވެ.  

ތަފްޞީލް

މުއްދަތު

ގަޑި

ތަން

ބިޑު ފޯމް ވިއްކުން

(ބިޑްފޯމް ވިއްކުމަށް ހަމަޖެހިފައިވަނީ 2000.00 ރުފިޔާއަށް )

 25 އޮގަސްޓް 2024 ވާ އާދީއްތަ ދުވަހުން ފެށިގެން 3 ސެޕްޓެމްބަރ 2024 ވާ އަންގާރަ  ދުވަހަށް

ރަސްމީ ކޮންމެ ދުވަހެއްގެ 10:00 ފެށިގެން 12:30

ހިންމަފުށީ ކައުންސިލްގެ އިދާރާއިން

ޕްރީބިޑް މީޓިން   

 4 ސެޕްޓެމްބަރ  2024  ވާ  ބުދަ ދުވަސް

މެންދުރު 13:00 

ހިންމަފުށީ ކައުންސިލްގެ އިދާރާ

ބިޑު ހުށަހެޅުން

( ޕްރޮޕޯސަލް ހުށަހެޅުން )

16 ސެޕްޓެމްބަރ 2024 ވާ ހޯމަ

މެންދުރު 12:30

ހިންމަފުށީ ކައުންސިލްގެ އިދާރާ

 

        މި ބިޑް ބައްލަވައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން، އެކަމަށް އެދި ހުށަހަޅުއްވާނީ، ބިޑްފޯމް ބައްލަވައިގަތުމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު  ކ. ހިންމަފުށީ ކައުންސިލްގެ އިދާރާއަށެވެ. ބިޑް ގަތުމަށް ގަތުމަށް އެދޭ ފޯމު ކ. ހިންމަފުށީ ކައުންސިލްގެ އިދާރާއިން ލިބިވަޑައިގަންނަވާނެއެވެ.އަދި މިއިޢުލާނާ އެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

          މި ބިމުގައި އަމިއްލަ ޚަރަދުގައި ވިޔަފާރިކޮށް ހިންގައި ބަލަހައްޓައި އޮޕަރޭޓްކުރުމަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ލިބިގެންވަނީ، ދިވެހި ރައްޔިތުންނަށް ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ޕާޓްނަރޝިޕަކަށް ނުވަތަ ކުންފުންޏަކަށެވެ.

          ބިޑް ޑޮކިއުމަންޓް ގަންނަން ލިބޭނީ -/2000ރ (ދެހާސްރުފިޔާ)  އަށެވެ. ބިޑް ގަތުމަށް ޚަރަދުކުރާ ފައިސާއަކީ އަބުރާދެވޭ ފައިސާއެއް ނޫނެވެ.

           ބިޑް ފޯމް ގަތުމަށް އެދޭ ފޯމާއެކުގައި އަންނަނިވި ތަކެތި ހުށަހަޅަންވާނެއެވެ. ބިޑް ގަތުމަށް އެދޭ ފޯމު ސޮއިކުރުމަށްފަހު ހުށަހަޅަނީ، އެ ފޯމު މެދުވެރިކޮށް ގަންނަ ބިޑް ގައިވާ ގޮތުގެމަތިން ބިޑް ހުށަހަޅަން ބޭނުންވާ ފަރާތްނޫން އެހެންފަރާތަކުން ކަމުގައިވާނަމަ، އޭނާ އެ ބިޑް ގަތުމަށާއި ބިޑް ގަތުމަށް އެދޭ ފޯމުގައި ސޮއިކުރުމަށް ބިޑް ހުށަހަޅަން ބޭނުންވާ ފަރާތުން ހުއްދަކުރާކަމުގެ ޕަވަރ އޮފް އެޓަރނީއެއް އެ ފޯމާއެކު ހުށަހަޅަންވާނެއެވެ. ބިޑް ފޯމް ގަތުމަށް އެދޭ ފޯމު ހުށަހަޅަނީ، ކުންފުންޏަކުން ކަމުގައިވާނަމަ، އެކުންފުނީގެ ރެޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. ބިޑް ފޯމް ގަތުމަށް އެދޭ ފޯމު ހުށަހަޅަނީ، ޕާރޓްނަރޝިޕްއަކުން ކަމުގައިވާނަމަ، އެ ޕާރޓްނަރޝިޕްގެ ރެޖިސްޓްރޭޝަން ސެޓްފިކެޓް ގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަދި ބިޑް ގަތުމަށް އެދޭ ފޯމު ހުށަހަޅަނީ، ވަކި ފަރުދަކު ކަމުގައިވާނަމަ، އޭނާގެ އައިޑެންޓިޓީ ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.

           ބިޑް ހުށަހަޅަންޖެހޭނީ،  ބިޑު ފޯމްގައިވާ ގޮތުގެމަތިން ހުރިހާ މައުލޫމާތު ތަކެއް ފުރިހަމަކޮށް  ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި، 16 ސެޕްޓެމްބަރ  2024  ދުވަހުގެ މެންދުރުފަހު 13:00 އަށް ކ. ހިންމަފުށީ ކައުންސިލްގެ އިދާރާއަށެވެ. ޕްރީ ބިޑް މީޓިންގ އަށް ޙާޟިރުނުވި ނަމަވެސް ބިޑް ގަނެފައިވާނަމަ ބިޑް ހުށަހެޅޭނެއެވެ.

         މިހެންވެ މިކަންޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

18 އޮގަސްޓް 2024