ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)120-A/120/2024/15
ޕަބްލިޝްކުރި ތާރީޚް: 18 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 12:42
ސުންގަޑި: 27 އޮގަސްޓް 2024 12:00
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2024 ވަނަ އަހަރު އޮކްޓޫބަރު ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޑެކްސެލް އޭ.އެސް/އޭލެވެލް އާއި އެޗް.އެސް.ސީ އިމްތިޙާނުގައި މިޑިޕާޓްމަންޓްގެ ފަރާތުން ބައިވެރިވި ޕްރައިވެޓް ކެންޑިޑޭޓުންނަށް ސްޓޭޓްމެންޓް އޮފް އެންޓްރީ ދޫކުރުން.

އިޢުލާން

2024 ވަނަ އަހަރު އޮކްޓޫބަރު ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޑެކްސެލް އޭ.އެސް/އޭލެވެލް އާއި އެޗް.އެސް.ސީ އިމްތިހާނުގެ ސްޓޭޓްމެންޓް އޮފް އެންޓްރީ މި ޑިޕާޓްމަންޓުގެ ކައުންޓަރުން ދޫކުރަމުން ގެންދާނެ ވާހަކަ ދަންނަވަމެވެ. ސްޓޭޓްމެންޓް އޮފް އެންޓްރީ ދޫކުރުމަށް ހަމަޖެހިފައިވަނީ 2024 އޮގަސްޓް 18 ވާ އާދީއްތަ ދުވަހުން ފެށިގެން ރަސްމީ ދުވަސްތަކުގެ 0830 އިން 1330 އަށެވެ.

ސްޓޭޓްމެންޓް އޮފް އެންޓްރީ ގައި އެއްވެސް މައްސަލައެއް އޮތްނަމަ 2024 އޮގަސްޓް 27 ވާ އަންގާރަ ދުވަހުގެ 12:00 ކުރިން، ސާރވިސް ރިކުއެސްޓް ފޯމް ފުރިހަމަ ކުރުމަށްފަހު ކެންޑިޑޭޓުގެ އައި.ޑީ ކާޑާ ސްޓޭޓްމެންޓް އޮފް އެންޓްރީގެ ކޮޕީއަކާއެކު މި ޑިޕާޓްމަންޓުގެ ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ. ކައުންޓަރު ހުޅުވިފައި ހުންނާނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 0830 އިން 1330 އަށެވެ.

18 އޮގަސްޓް 2024